މައްކާ އާއި މަދީނާއަށް ވެލީގެ ތޫފާނެތް އަރައިފި

މާތްވެގެންވާ މައްކާ އާއި މަދީނާ ހިމެނޭ ސަރަހައްދަށް ވެލީގެ ތޫފާނެތް އަރައިިފި އެވެ. ރިޕޯޓުތައް ބުނާގޮތުގައި މި ތޫފާނުގެ އަސަރު ކުރަމުންދަނީ ސައުދީ އަރަބިއްޔާގެ ސިޓިތައް ކަމަށްވާ މައްކާ، މަދީނާ، ޖިއްދާ...

12 Apr 2017 | 09:37

މާތްވެގެންވާ މައްކާ އާއި މަދީނާ ހިމެނޭ ސަރަހައްދަށް ވެލީގެ ތޫފާނެތް އަރައިިފި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި މި ތޫފާނުގެ އަސަރު ކުރަމުންދަނީ ސައުދީ އަރަބިއްޔާގެ ސިޓިތައް ކަމަށްވާ މައްކާ، މަދީނާ، ޖިއްދާ، ރިޔާދް އަދި ގައްސިމްގެ އިތުރުން ހުޅަނގު ޕްރޮވިސްތަކަށެވެ. މި ތޫފާނުގައި ގަޑިއަކު 55 މޭލު ބާރު މިނުގައި ވައި ޖެހެމުންދެ އެވެ.

އިއްޔެއިން ފެށިގެން ސައުދީއަށް އަރަން ފަށާފައިވާ މި ތޫފާން އަދި ކޮންޓްރޯލެއް ނުވެ އެވެ. ވެލީގެ ތޫފާނުގެ ސަބަބުން މިއަދު އެ ސިޓީތަކުގެ ސްކޫލްތައް ބަންދުކޮށްފައިވާއިރު މަގުމައްޗަށް ނުކުމެ އުޅުމަށް އާންމުންނަށް ދަތިތަކާ ދަނީ ކުރިމަތިވަމުންނެވެ. އަދި އެއްގަމު ދަތުރުފަތުރަށް ވަނީ ބުރޫ އަރާފައި އެވެ.

ސައުދީގެ މީޓްރޮލޮޖިކަލް އޮތޯރިޓީ އާއި ހަވާލާދީ ސައުދީ ނިއުސް އެޖެންސީން ބުނެފައިވަނީ މި ތޫފާން ކޮންޓްރޯލް ވާން ފަށާނެ ކަމަށް ބެލެވެނީ މާދަމާ އެވެ. އަދި މިއަދަކީ ތޫފާނުގެ ބާރު އެންމެ ގަދަވާނެ ދުވަސް ކަމަށާއި މިހާރުވެސް ދުރު ފެންނަ މިންވަރު އެއް ކިލޯ މީޓަރަށް ދަށްވެފައިވާ ކަމަށެވެ.

މި ތޫފާނު ސައުދީގެ ސިޓީތަކަށް އަރާފައި މިވަނީ މީގެ ތިން ހަފްތާވަރު ކުރިން އެފްރިކާގެ ބައެއް ސަރަހައްދުތަކަށް ތޫފާން އެރުމަށް ފަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް