މާފަރު މަގުހަދަން ބޭނުން ކުރަމުން ދިޔަ ލޮރީއެއްގައި ރޯކޮށްލައިފި

ނ. މާފަރު މަގު ހެދުމުގެ މަސައްކަތް ކުރުމަށް އެ ރަށަށް ގެންގޮސްފަ އޮތް ލޮރީއެއްގައި އަލިފާން ރޯކޮށްލައިފި އެވެ. ލޮރީގައި އަލިފާން ރޯކޮށްލި ކަމަށް ވަނީ ރޭ ދަންވަރު 2:30 ހާއި 3:30 އާއި ދެމެދުގެ ވަގުތެއްގ...

12 Apr 2017 | 09:13

ނ. މާފަރު މަގު ހެދުމުގެ މަސައްކަތް ކުރުމަށް އެ ރަށަށް ގެންގޮސްފަ އޮތް ލޮރީއެއްގައި އަލިފާން ރޯކޮށްލައިފި އެވެ.

ލޮރީގައި އަލިފާން ރޯކޮށްލި ކަމަށް ވަނީ ރޭ ދަންވަރު 2:30 ހާއި 3:30 އާއި ދެމެދުގެ ވަގުތެއްގައި އެވެ. އަލިފާން ރޯކޮށްލުމުގެ ސަބަބުން ލޮރީ ވަނީ އެއްކޮށް ބޭނުން ނުކުރެވޭވަރަށް އަނދާފައި އެވެ.

މާފަރު ކައުންސިލުގެ ރައީސް އަހުމަދު އާމިރު ވިދާޅުވީ އެ ލޮރީއަކީ އެ ރަށު މަގު ހެދުމާއި ހަވާލުވެގެން އުޅޭ އަމިއްލަ ކުންފުންޏަކުން ރާރުކޭއެލް ރެންޓަލްސް އިން ކުއްޔަށް ހިފައިގެން އެރަށަށް ގެންގޮސް ބޭނުން ކުރަމުންދާ ލޮރީއެއް ކަމަށެވެ. އަލިފާން ރޯކޮށްލުމުން ލިބުނު ގެއްލުން އަދި ނޭނގޭއިރު މިއީ ކޮން ބަޔަކު ކުރި ކަމެއް ކަމެއް އަދި ނޭނގެ އެވެ.

ފުލުހުން ބުނީ އެ ފަދަ މައްސަލައެއް ހުށަހެޅިފައިވާ ކަމަށާއި އެ ރަށުގައި ފުލުހުން ހަރަކާތްތެރިވަމުން ދާ ކަމަށެވެ. އެކަމަކު މިހާތަނަށް އެ މައްސަލައިގަ އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެ ރަށު މަގު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުންޏާއި މެދު ރައްޔިތުންގެ ގެންދަނީ ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ. އަދި އެކަމާ ގުޅޭގޮތުން ކައުންސިލާއި ބައްދަލު ކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް