"އެފް 8" ގެ ޝޫޓިން ގައި ވިން ޑީސެލް އަށް ރޮވިއްޖެ

ފޭޓް އޮފް ދަ ފިޔުރިއަސްގެ ސެޓުގައި ޝޫޓިން ކުރިއަށް ދަނިކޮށް ޕޯލްވޯކާ މަތިން ހަދާންވުމުން ރޮވުނުކަމަށް ވިން ޑީސެލް  ބުނެފި އެވެ. މި ފްރާންޗައިޒީގެ ޑޮމިނީކް ޓޮރޮންޓޯގެ ބައި އަދާކުރާ 49 އަހަރުގެ ވިން ބުނ...

12 Apr 2017 | 07:17

ފޭޓް އޮފް ދަ ފިޔުރިއަސްގެ ސެޓުގައި ޝޫޓިން ކުރިއަށް ދަނިކޮށް ޕޯލްވޯކާ މަތިން ހަދާންވުމުން ރޮވުނުކަމަށް ވިން ޑީސެލް  ބުނެފި އެވެ.

މި ފްރާންޗައިޒީގެ ޑޮމިނީކް ޓޮރޮންޓޯގެ ބައި އަދާކުރާ 49 އަހަރުގެ ވިން ބުނާ ގޮތުގައި އަދިވެސް އޭނާއަށް ޕޯލްވޯކާރ(ބްރަޔަން) ގެ މަރުގެ މަތިން ހަދާން ނައްތާނުލެވެ އެވެ.

އޭނާ މަރުވެފައިވަނީ 2013 ވަނަ އަހަރު "ފާސްޓް އެންޑް ފިޔުރިއަސް7" ގެ ޝޫޓިން ކުރިއަށްދަނިކޮށް ހިނގި ކާރު އެކްސިޑެންޓެއްގަ އެވެ.

ޔޫއެސްއޭ ޓުޑޭއަށް މަޢުލޫމާތު ދެމުން ވިން ބުނެފައިވަނީ "އަހަރެން އޭނައާއި ނުލާ ބާބަކިއު ސީން އެއް ޝޫޓެއް ނުކުރަން. ކޮންމެފަހަރަކުވެސް އެކަހަލަ ސީން އެއް ޝޫޓް ކުރާއިރު އަހަރެން ހިތައް އަރަނީ ޕޯލް އިންނާނީ ކޮންތާކުތޯ؟ ބްރަޔަން އިންނާނީ ކޮންތާކުތޯ؟ އޭނާ ހަނދާންވާ ކޮންމެ ފަހަރަކު އަހަންނަށް ރޮވޭގޮތްވޭ އަދި ސެޓު ދޫކޮށްލާފައި ދަން"

މިޝެލް ރޮޑްރިގަޒް އަށް އޭނާ އެހާލަތުގައި ފެނުމުން ފަހަތުން އައިސް ބައްދާލައި އޭނާ ހިތްހަމަޖައްސަން މަސައްކަތް ކުރާކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.

ވިން ކައިރީގައި މި ފިލްމާމެދު ޕޯލްވޯކާ ދެކޭނެގޮތް ޔޫއެސްއޭ ޓުޑޭއިން އަހާލުމުން އޭނާގެ ޖަވާބަކަށް ވެގެން ދިޔައީ ޕޯލްކައިރީ އަހަން ބިރުގަންނަ ކަމަށާއި އެކަމަކު އޭނާއަށް ފިލްމު ރީތިވާނެ ކަމަށާއި އޭގެ ފަހުގައި ދެން އަންނަ ފިލްމެއްގައި ވާނެ ގޮތް ކިޔާދޭނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް