ކ. މާފުށީ ޖަލަށް އެތެރެ ކުރަން އުޅުނު 32 ސިމް ކާޑާއި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމާތުތަކާ ގުޅިގެން މާފުށީގައި ހިންގި އޮޕަރޭޝަނެއްގައި އެ ތަކެއްޗާއެކު މިދިޔަ އާދިއްތަ ދުވަހު 29 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާ ބަލައިފާސްކުރިއިރު، އޭނާ ލައިގެންހުރި ޖިންސުގެ ޖީބެއްގެ ތެރޭގައި އޮތް ސިނގިރޭޓް ފޮއްޓެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓާއި 32 ސިމްކާޑު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އެ މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ކ. މާފުށި މެޖިސްޓްރޭޓް ކޯޓުން ޖަހާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް