ވާޖިބު އަދާ ކުރުމަށް ހުރަސް އެޅިކަމުގެ ދައުވާ ރިޔާޒުގެ މައްޗަށް އުފުލައިފި

ކިނިބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއ...

12 Apr 2017 | 06:03

ކިނިބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

އޭނާގެ މައްޗަށް އުފުލާފައިވަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ ވާޖިބަށް ހުރަސް އަޅަން އުޅުނު ކަމުގެ ދައުވާ އެވެ. މި ކުށް ސާބިތުވެއްޖެ ނަމަ އެންމެ ކުޑަވެގެން އެއް މަހާއި ހަ ދުވަަސް އަދި ދިގުވެގެން އެއް އަހަރުދުވަހުގެ ޖަލުގެ ހުކުމެއް އަންނާނެ އެވެ.

ރިޔާޒުގެ މައްޗަށް ދައުވާ ކުރަން ފޮނުވި އިރު އެކަން އޭނާއަށް ނޭނގޭ ކަމަށް ރިޔާޒު މިއަދު ވަނީ ވިދާޅުވެފައި އެވެ. ރިޔާޒު ވިދާޅުވީ ކުށެއް ކޮށްފައި ނުވާނެ ކަމަށާއި އޭނާގެ މައްޗަށް ކުރައްވާ ދައުވާ އަކީ ސިޔާސީ ދައުވާއެއް ކަމަށެވެ.

ރިޔާޒު މިދިޔަ ހަފްތާގައި ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ފުލުހުން ވަނީ ފޯނު ހުޅުވުމަށް އެދިފައި އެވެ އެކަމަކު ފޯނުގެ ޕާސްވޯޑު ހަނދާން ނެތްކަމަށް ހުޅުވައި ނުދެއްވި ކަމަށްވެ އެވެ.

ބެލެވޭ ގޮތުގައި ރިޔާޒުގެ މައްޗަށް ދައުވާ ކުރަނީ މި މައްސަލާގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް