އެމެރިކާއިން އެއްވެސް ނުރައްކަލެއް ކުރިމަތި ކުރުވައިފި ނަމަ އޭގެ ރައްދުގައި ނިއުކްލިއާ ޙަމަލާއެއް ދޭނެކަމުގެ އިންޒާރު އުތުރު ކޮރެޔާއިން ދީފިއެވެ.
މި އިންޒާރު ކޮރެޔާ އިން ދީފައިމިވަނީ އެމެރިކާގެ ހަނގުރާމަ މަތީ މަނަވަރުތަކެއް ކޮރެޔަން ޕެނިންސިއުލާއަށް މިސްރާބު ޖަހާފައިވަނިކޮށެވެ. އުތުރުކޮރެޔާއިން ބުނީ އެމެރިކާގެ އަމަލުތައް ވަރަށް ގާތުން ބަލަމުންދާކަމަށާއި، އެމެރިކާއިން ދީފާނެ ޙަމަލާއަކަށް ކޮރެޔާ އޮތީ ފުރިހަމައަށް ތައްޔާރުވެގެންކަމަށެވެ.
އަދި ގޯހެއް ހިނގައިފިނަމަ އެސަރަހައްދުގައި ހުރި އެމެރިކާގެ ބޭސްތަކުގެ އިތުރުން، ސީދާ އެމެރިކާއަށް ޙަމަލާ ދޭނެކަމަށްވެސް ވަނީ އިންޒާރުދީފައެވެ.
ކޮރެޔާގެ މައްސަލަ ހައްލުކުރުމަށް ޗައިނާއިން އިތުރަށް މަސައްކަތްކުރުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ގޮވާލާފައިވީ ނަމަވެސް ކޮރެޔާއިން އުޅެނީ މައްސަލަ ހޫނު ކުރަންކަމަށް ބުނެ، ޓްރަމްޕް ވަނީ ޗައިނާއާ ނުލާވެސް ކޮރެޔާގެ މައްސަލަ ހައްލުކުރާނެކަމަށް ވިދާޅުވެފައެވެ. އަދި ކޮރެޔާއާއެކު އިތުރަށް ދައްކާނެ ވާހަކައެއް ނެތްކަމަށާއި، ކޮރެޔާއާ މެދު އަސްކަރީ ފިޔަވަޅު އަޅަންޖެހިދާނެކަމުގެ އިންޒާރުވެސް އެމެރިކާއިން ވަނީ ދީފައެވެ.
ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އުތުރު ކޮރެޔާއިން އަނެއްކާވެސް ނިއުކްލިއާ ޓެސްޓެއް ކޮށްފާނެކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް