ގާނޫނުލް އުގޫބާތަށް އަމަލުކުރުން ފަސްކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ބިލް ރައީސް އަބްދުﷲ ޔާމީން ތަސްދީގުކުރައްވައިފި އެވެ.
މިދިޔަ އަހަރު ތަސްދީގުކުރެއްވި ގާނޫނުލް އުގޫބާތުގައި ބުނެފައިވާ ގޮތުން، މާދަމާ އަކީ އެ ގާނޫނަށް އަމަލުކުރަން ފަށަންޖެހޭ ދުވަހެވެ. ނަމަވެސް މިއަދު މަޖިލީހުން ފާސްކުރި ބިލަށް އަމަލުކުރަން ފަށާނީ، ޖުލައި 16، 2015ގަ އެވެ.
މާދަމާ އިން ފެށިގެން އަމަލުކުރާ ގޮތަށް ކުރިން އޮތް ގާނޫނުލް އުގޫބާތަށް އަމަލުކުރަން ފަސްކުރުމުގެ ބިލް ރައީސް މިރޭ ތަސްދީގުކުރެއްވި އިރު، ދީނީ އިލްމުވެރިންގެ ޖަމިއްޔާއެއް ކަމަށްވާ ޖަމިއްޔަތުއް ސަލަފުން ވަނީ، ގާނޫނުލް އުގޫބާތުގައި އިސްލާމީ ޝަރީއަތާ ޚިލާފު އެތައް ކަމެއް ހުރި ކަމަށް ބުނެ މިއަދު ބަޔާނެއް ނެރެފަ އެވެ. ސަލަފުން އެހެން ބުނުމާއި ގުޅިގެން އަދާލަތު ޕާޓީން ވަނީ ސަލަފުން އެ ގާނޫނާއި މެދު ބަސް ބުނިލެތް ލަސްކަމަށް ބުނެފަ އެވެ.
ސަރުކާރު ހިންގާ ޕީޕީއެމްގެ މެންބަރުންގެ ވޯޓާއެި އކު މަޖިލީހުން އެ ގާނޫނަށް އަމަލު ކުރުން ފަސް ކުރުމަށް ފާށްކުރި އިރު ޕްރޮސެކިއުޓާ ޖެނެރަލްއާއި އެޓާނީ ޖެނެރަލް ވަނީ އެ ގާނޫނަށް އަމަލު ކުރަން ދައުލަތުގެ ހުރިހާ އިދާރާއެއް ތައްޔާރުވެފައިވާ ކަމަށް ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް