ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ގޮނޑިއަށް ޕީޕީއެމް ޓިކެޓްގައި ވާދަކުރަން ބޭނުންވާ މެންބަރުންނަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.
ޕީޕީއެމުން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ އެޕާޓީޣެ ޓިކެޓުގައި ދިއްގަރު ދާއިރާއަށް ވާދަކުރައްވަން ބޭނުންވާ ފަރާތްތަކުން މި ހަފްތާގެ ބުރާސްފަތި ދުވަހުގެ ހަވީރު 04:00 ގެ ކުރިން ފޯމާއި، ސީވީ ޕީޕީއެމް އޮފީހަށް ހުށަހަޅަންވާނެ ކަމަށެވެ.
ޕީޕީއެމްގެ ޓިކެޓޫގައި ވާދަކުރާ ކެންޑިޑޭޓެއްގެ ގައިގަ ހުންނަން ޖެހޭނެ ކަމަށް ބުނެފައިވާ ޝަރުތުތަކުގެ ތެރޭގައި ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ދެމިހުރި މުއްދަތަށް ބަލާނެކަމަށް ބުނެފައިވެ އެވެ. ޕާޓީގެ ފިކުރު ހިފެހެއްޓިފައިވުމާއި ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓަށް ކެމްޕޭންކޮށްދިން މީހަކަށް ވުމުގެ އިތުރުން ޕާޓީއަށް ހިދުމަތް ކޮށްފައިވާ މީހެއްތޯ ބެލެވޭނެ ކަމަށް ޕީޕީއެމްއިން ބުނެފައި ވެއެވެ.
ދިއްގަރު ދާއިރާގެ ޕީޕީއެމް ޕްރައިމެރީގައި ވާދަކުރައްވާ ބޭފުޅުން ޕީޕީއެމުން ހުށަހަޅާފައިވާ ޝަރުތުތައް ފުރިހަމަވެ 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބެންޖެހެ އެވެ. ޝަރުތުތައް ފުރިހަމަވެ 75 ޕަސެންޓަށްވުރެ މަތިން އެއް މެންބަރަކަށްވުރެ ގިނަ މެންބަރުންނަށް ލިބިއްޖެނަމަ ކެންޑިޑޭޓަކު ކަނޑައަޅާނީ ޕްރައިމަރީއަކުން ކަމަށް ބުނެފަ ވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ގޮނޑި ހުސްވެފައި ވަނީ ދިއްގަރުދާއިރާގެ މެންބަރުކަން މީގެ ކުރިން ކުރައްވަމުން ގެންދެވި ޕީޕީއެމްގެ މެންބަރު އަހުމަދު ނާޒިމްގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ދައުވާ ސާބިތު 25 އަހަރަށް ޖަލަށް ލާން ހުކުމް ކުރުމުން މެންބަރު ކަމުގެ ގޮނޑި ގެއްލުމާއި ގުޅިގެންނެވެ.
އިދިކޮޅު އެމްޑީޕީ އާއި އަދާލަތު ޕާޓީން ވަނީ ގުޅިގެން އެއް ކެންޑިޑޭޓަކު ނެރުމަށް މަސައްކަތް ކުރަމުންދާކަމަށް ބުނެފަ އެވެ.
ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ ޖޫން މަހުގެ 13 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް