ރޭގެ އޮޕަރޭޝަންގައި ފޮރުވާފައި ހުރި މަސްތުވާތަކެތި ހޯދީ ކުއްތާ: ޕޮލިސް

ރޭ ހިފުލުހުން ންގި އޮޕަރޭޝަންގައި، މާލޭ ގެއެއްގެ ކޮޓަރިއެއްގެ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެތި ހޯދީ ކުއްތާ ކަމަށް ފުލުސް އޮފީހުން މިއަދު ބުނެފި އެވެ. ފުލުހުން ރޭ ހިންގި އޮޕަރޭޝަނާ ގުޅޭގޮތުން ޑް...

12 Apr 2015 | 12:57

ރޭ ހިފުލުހުން ންގި އޮޕަރޭޝަންގައި، މާލޭ ގެއެއްގެ ކޮޓަރިއެއްގެ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެތި ހޯދީ ކުއްތާ ކަމަށް ފުލުސް އޮފީހުން މިއަދު ބުނެފި އެވެ.

ފުލުހުން ރޭ ހިންގި އޮޕަރޭޝަނާ ގުޅޭގޮތުން ޑްރަގް އެންފޯސްމަންޓުގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ ހ. ކާނޭޝަންލޮޖްގެ ތިންވަނަ ބުރީގައި މަސްތުވާތަކެތި ހުރި ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މައުލޫމާތު ލިބިގެން ހިންގި އޮޕަރޭޝަންގައި، މަސްތުވާތަކެތި ހޯދަން ކުއްތާގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައިވާ ކަމަށެވެ.

އެ ގެއިން 300 ގްރާމްގެ ހިރޮއިން ފެނިފައިވާއިރު އެތަކެތި ހޯދީ ކުއްތާގެ އެހީގައި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެގޭ ދެ ކޮޓަރީގައި މަސްތުވާތަކެތި ހުރި ކަމަށް ތުހުމަތުކުރެވޭއިރު ބައެއް ތަކެތި ވަނީ ފާހާނާ އަށް ލައި ފްލަޝްކޮށްފަ އެވެ.

އެ މައްސަލާގައި ގދ. ތިނަދު އަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ޝިފާން ވިދާޅުވި އެވެ.

"ފްލަޝްކުރެވުނު އެއްޗެއްސާއެކު ގާތްގަނޑަކަށް 600،00ރ. ގެ މަސްތުވާތަކެތި ވަނީ އައިޑެންޓިފައި ކުރެވިފައި. އަޅުގަނޑުމެން ފާރަގެމަ ބޭނުންކޮށްގެން މި ހިންގާ އޮޕަރޭޝަންތަކަކީ ވަރަށް ބޮޑަށް އިންޓެލިޖެންސް މައުލޫމާތަށް ބަރޯސާވެ،" ޝިފާން ވިދާޅުވި އެވެ.

އޭނާ ވިފާޅުވީ ހާއްސަކޮށް މަސްތުވާތަކެއްޗާއި ގުޅޭ އޮޕަރޭޝަންތަކުގައި ކުއްތާ ބޭނުން ކުރުމުން މަސައްކަތުގެ ސްޕީޑު އަވަސް ކަމަށެވެ.

ފުލުހުން ރޭ ހިންގި އޮޕަރޭޝަނުގައި ކުއްތާ ބޭނުންކުރުމުން އަންހެނަކު ހޭނެތުނު ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ވާހަކައާއި ގުޅޭގޮތުން ޝިފާން ވިދާޅުވީ ބެލެވޭ ގޮތުގައި އޭނާ ހޭނެތުނީ އެގެއިން ފެނުނު މަސްތުވާތަކެތީގެ ސަބަބުން ކަމަށް ވުން އެކަށީގެންވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މަސްތުވާތަކެތި ކޮންޓްރޯލްކުރަން ފުލުހުން ހިންގާ އޮޕަރޭޝަންތަކުގައި، ކުރިއަށް އޮތް ތަނުގައި ވެސް ކުއްތާ ބޭނުންކުރާނެ އެވެ. ކުއްތާތައް ބޭނުން ކުރާނީ ހަމައެކަނި މާލޭގައި ހިންގާ އޮޕަރޭޝަންސްތަކުގައި ނޫން ކަމަށާއި އަތޮޅުތަކުގައި ވެސް ކުއްތާ ބޭނުން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކި ކަންކަމުގައި ބޭނުންކުރާ ހާއްސަ ވައްތަރުތަކުގެ ކުއްތާ ތަމްރީންކޮށް، ބޮޑުކުރަން ނެދަލެންޑްސްގެ ފާމަކުން ރާއްޖެ ގެނައީ 16 ކުއްތާ އެވެ. އެ އެއްޗެހި ގެންގުޅެނީ ހުޅުލޭގައި ހަދާފައިވާ ހާއްސަ ތަނެއްގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް