ސޯލާ ސިސްޓަމް ބަހައްޓާ ޕްރޮގުރާމް އިފްތިތާހްކޮށްފި

އަވިން ހަކަތަ އުފެއްދުމަށް ރާއްޖޭގެ އެކި ސަރައްދުތަކުގައި ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުން ރަށްރަށުގައި ސޯލާ ސިސްޓަމް ބަހައްޓައިދިނުމުގެ މަސައްކަތް ކުންފުނިތަކާ ހަވާލުކުރުމުގެ ޕްރޮގުރާމެއް މިއަދު އ...

12 Apr 2015 | 11:15

އަވިން ހަކަތަ އުފެއްދުމަށް ރާއްޖޭގެ އެކި ސަރައްދުތަކުގައި ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުން ރަށްރަށުގައި ސޯލާ ސިސްޓަމް ބަހައްޓައިދިނުމުގެ މަސައްކަތް ކުންފުނިތަކާ ހަވާލުކުރުމުގެ ޕްރޮގުރާމެއް މިއަދު އިފްތިތާހްކޮށްފި އެވެ.

އެކްސެލެރޭޓިން ސަސްޓެއިނެބަލް ޕްރައިވެޓް އިންވެސްވެސްޓްމަންޓް އިން ރިނިއުބަލް އެނާޖީ (އެސްޕަޔަ)ގެ ނަމުގައި އެ ޕްރޮގްރާމް ފައްޓަވައިދެއްވީ، އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމެވެ.

މިއަދު ފެށި އެ ޕްރޮގްރާމްގެ ދަށުން އެންމެ ފުރަތަމަ ސޯލާ ހަރުކުރަން ހަމަޖެހިފައިވަނީ މާލެއާއި ހުޅުމާލޭގަ އެވެ.

ސަރުކާރާއި ވޯލްޑް ބޭންކު ގުޅިގެން ކުރިޔަށް ގެންދާ އެ މަޝްރޫއުގެ ދަށުން ސޯލާ ޕެނަލް ބަހައްޓާ ކުންފުނިތަކުން އުފައްދާ ކަރަންޓް ސަރުކާރުން ގަންނާނެ އެވެ. އަދި ސަރުކާރާއި ވާ އެއްބަސްވުމުގެ ދަށުން 20 އަހަރުވަންދެން ސްޓެލްކޯއިން އެ ކަރަންޓް ގަންނާނެކަމަށް އެންވާރްމަންޓް މިނިސްޓްރީން ބުނެ އެވެ.

އެ ޕްރޮގްރާމްގެ ދަށުން މާލެ އާއި ހުޅުމާލޭގައި އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައި ވެސް ސޯލާ ޕެނަލް ހަރުކުރާނެ ފަރާތެއް ހޯދަން އިއުލާން ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް