އެލާ މައްސަލައިގަވެސް ވަގުތީ އަމުރު ނެރެދެވެން ނެތްކަމަށް ސިވިލް ކޯޓުން ނިންމައިފި

ރިސޯޓެއް ތަރައްގީކުރުމަށް ވިލާ ޝިޕިން އެނޑް ޓްރޭޑިންއަށް ދޫކޮށްފައިވާ ތ. އެލާ، ކުއްޔަށް ދޫކުރުމަށް ވެފައިވާ އެއްބަސްވުން ޓޫރިޒަމް މިނިސްޓްރީން ބާތިލްކޮށް ފޮނުވި ލިޔުމަށް އަމަލުކުރަން ފަސްކުރުމުގެ ވަގު...

12 Apr 2015 | 08:02

ރިސޯޓެއް ތަރައްގީކުރުމަށް ވިލާ ޝިޕިން އެނޑް ޓްރޭޑިންއަށް ދޫކޮށްފައިވާ ތ. އެލާ، ކުއްޔަށް ދޫކުރުމަށް ވެފައިވާ އެއްބަސްވުން ޓޫރިޒަމް މިނިސްޓްރީން ބާތިލްކޮށް ފޮނުވި ލިޔުމަށް އަމަލުކުރަން ފަސްކުރުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.

ސިވިލް ކޯޓުން މިއަދު ނިންމި ނިންމުގައި ބުނެފައިވަނީ އެކުންފުނިން އެދިފައިވާގޮތަށް އެ މައްސަލާގައި ހުކުމް ކުރެވުނު ނަމަވެސް، އެކުންފުންޏަށް ލިބޭނެ ކަމަށް ބެލެވެނީ މާލީގެއްލުންތަކެއް ކަމަށެވެ.

އެފަދަ ގެއްލުންތަކަކީ އަދުލުވެރިގޮތެއްގައި އަނބުރާ އިއާދަކުރެވިދާނެ ގެއްލުމެއް ކަމަށް ޝަރީއަތަށް ގަބޫލު ކުރެވޭ ކަމަށް ވެސް އެ ނިންމުމުގައި ވެއެވެ. އަދި އެ އަމުރު ނެރެފިނަމަ އެ މައްސަލައިގެ މައުލޫއަށް ގޮތެއް ކަނޑައެޅިގެންދާނެ ކަމަށް ވެސް ސިވިލް ކޯޓުގެ ނިންމުގައި ވެއެވެ.

އެ މައްސަލައިގެ އިތުރުން ވިލާ ހޮލިޑޭ ކުންފުންޏަށް ދޫކޮށްފައިވާ ކ. މާދިއްގަރު ފަޅާއި ކ. ކަނުހުރާގެ އެއްބަސްވުން ބާތިލްކޮށް ޓޫރިޒަމް މިނިސްޓްރީން ފޮނުވި ލިޔުމަށް އަމަލުކުރުން ފަސްކުރުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދުމުންވެސް ސިވިލް ކޯޓުން ނިންމާފައިވަނީ މިހެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް