އާޓިފިޝަލް ބީޗް ސަރަހައްދުގައި ބަނގުރާ ވިއްކަން އުޅުނު ދެ މީހަކު މިދިޔަ ހަފުތާގައި ހައްޔަރު ކޮށްފި އެވެ.
ފުލުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 19 އަހަރުގެ ފިރިހެނަކާއި 17 އަހަރުގެ ކުއްޖެކެވެ. މި ދެ މީހުންނަކީ ވެސް ދިވެހިންނެވެ.
ފުލުސް އޮފީހުން ބުނީ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބަނގުރަލުގެ ވިޔަފާރި ކުރަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެ މީހުންގެ އަތުން 13 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ. އެ އެއްޗެހި ހުރީ އެ މީހުންގެ އަތުގައި ހުރި ފޮށިގަނޑެއްގަ އެވެ.
އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް