ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން މަޖިލީހުގެ ރިޔާސަތާއި އިދާރީ މޭޒާ ހިސޯރު ކުރުމުން ޖަލްސާ މެދުކަނޑާލައިފިއެވެ.
މަޖިލީހުގެ ޖަލްސާ މިއަދު މެދުކަނޑާލަން ޖެހުނީ މަޖިލީހުގެ އަމީން އާންމުގެ އިތުރުން އިދާރީ މޭޒުގައި ތިއްބަވާ އެހެން ބޭފުޅުންވެސް އިށީނދެވަޑައިގަންނަވާ ގޮނޑިތައް އެމްޑީޕީގެ މެންބަރުން ހިސޯރުކުރުމުންނެވެ.
މިއަދު ކުރިޔަށް ގެންދާ ޖަލްސާއަކީ ގާނޫނުލް އުގޫބާތަށް އަމަލުކ ުރުން ފަސް ކުރުމުގެ ވޯޓު ނެގުމަށް ހާއްސަކޮށްގެން ކުރިޔަށް ގެންދާ ޖަލްސާ އެކެވެ. ދެން މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ ރައީސް ޔާމީން ތަސްދީގު ކުރައްވާ އަނބުރާ ފޮނުވާލެއްވި ޖަލުތަކާއި ޕެރޯލްގެ ބިލަށް ގެނައި އިސްލާހުގެ ބިލާއި ރިސޯޓްތަކުގެ ކުލީގެ މުއްދަތު 99 އަހަރަށް ބަދަލުކުރެވޭ ގޮތަށާއި ޓޫރިޒަމާ ގުޅޭ ހުރިހާ ކަމެއް ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ހުށަހަޅާފައިވާ ބިލްގެ މަސައްކަތެވެ.
މިއަދުގެ ޖަލްދސާ ކުރިޔަށް ގެންދެވޭގޮތް ނުވުމުން މަޖިލީހުގެ ރިޔާސަތުން ވަނީ މިއަދުގެ ޖަލްސާގައި ދެން އޮންނާނީ މެންދުރު 1:30 ގައި ވޯޓަށް އެހުން ކަމަށެވެ.
ގާނޫނުލް އުގޫބާތަށް އަމަލުކުރުން ފަސްކުރުމަށް ގައުމީ ސަލާމަތުގެ ކޮމިޓީން ފަސްކޮށްފައިވާއިރު ގާނޫނުލް އުގޫބާތުގައި ބުނެފައިވާ ގޮތުން، މާދަމާއަކީ އެ ގާނޫނަށް އަމަލުކުރަން ފަށަންޖެހޭ ދުވަހެވެ.
އެމްޑީޕީއަށް ނިސްބަތްވާ ފަރާތްތަކުން މިއަދު މަޖިލީހުގައި އަނެއްކާ ވެސް އިހުތިޖާޖު ކުރަން ފަށާފައި މިވަނީ މަޖިލީހުގެ ރައީސްއާ މަޝްވަރާ ކުރުމަށް ކަމަށް ބުނެ މަޖިލީހުގައި އިހުތިޖާޖު ކުރުން ހުއްޓާލުމަށްފަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް