ހުރިހާ މިސްކިތެއްގައި އަޑު ކަނޑާލާކަށް ނުދަންނަވަން، ކޮންމެ ކަމެއްގައިވެސް މެދުމިންކަމުގެ އުސޫލު އޮންނާނެ: އިސްލާމިކް މިނިސްޓަރު

ކޮންމެ ކަމެއްގައިވެސް މެދުމިންކަމުގެ އުސޫލު އޮންނާނެ ކަމަށާއި ހުރިހާ މސްކިތެއްގައި އަޑު ކަނޑާލަން ނުދަންނަވާ ކަމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. ބައެއް ޝ...

12 Mar 2024 | 11:56

ކޮންމެ ކަމެއްގައިވެސް މެދުމިންކަމުގެ އުސޫލު އޮންނާނެ ކަމަށާއި ހުރިހާ މސްކިތެއްގައި އަޑު ކަނޑާލަން ނުދަންނަވާ ކަމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ބައެއް ޝަކުވާތަކަށް ރިއާޔަތްކޮށް އަދި ބައެއް ޝަކުވާތަކުގެ މެސެޖްތަކުގެ ސްކްރީންޝޮޓަކާއެކު ޑރ. ޝަހީމް ވިދާޅުވެފައިވަނީ ހުރިހައި މިސްކިތެއްގެ އަޑު ކަނޑާލާކަން ނުދަންނަވާކަމަށާއި ގޭތަކެއްގެ ބުޑުގައި ހުރި މިސްކިތަކުން ލޯޑް ސްޕީކަރ އާދަޔާ ޚިލާފަށް ބާރުކޮށް ބޭރަށް އިވޭގޮތައް ނަމާދު ކުރަމުންދާތީވެ އެކަމާ ގުޅިގެން އެ މިސްކިތްކައިރީގައި ދިރިއުޅޭ، ގޭގައި ނަމާދުކުރާ އުޒުރުވެރިންނާއި އަންހެނުންނަށް ދަތިވާތީވެ އެހާލަތާ ގުޅިގެން އެއްޗެއް ދެންނެވީ ކަމަށެވެ. ފަހަރެއްގައި ވެސް ހުރިހައި މިސްކިތެއްގެ ވާހަކަ އެއްނޫން ކަމަށާއި ދެންނެވީ ގޭގެއާ އެހައި ގާތުގައި ހުންނަ ތަންތަނުން އެހާ ބާރަށް ބޭރަށް ނަމާދު ކުރާ އަޑު ބެހެއްޓުމުގެ ބަދަލުގައި އެތެރެއަށް އަޑު ހުރުން ރަނގަޅު ކަމުގައި ކަމަށެވެ.

ސޯޝަލް މީޑިއާގައި ޝަކުވާ ހިއްސާ ކުރަމުން ކުރީގެ މަޖިލިސް މެންބަރު އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެފައިވަނީ އެގޭދޮށު ގޭގޭ މީހުންނަށް އިޝާ ނަމާދުކޮށްލެވެނީ މިސްކިތުން ތަރާވީހް ނަމާދުކޮށް ނިމުނީމައި ކަމަށެވެ.

ޑރ. ޝަހީމް ސޯޝަލް މީޑިއާގައި ހިއްސާކުރި ސްކްރީންޝޮޓަކުން ފެންނަ މެސެޖެއްގައި ބުނެފައިވަނީ އެގެއެއްދޮށު މިސްކިތުގައި ތާޅަފިލި ޖައްސައިގެން ނަމާދު ކުރުން ސަރުކާރަށް ހުއްޓުވިދާނެތޯ އާއި ނޫން ނަމަ އެމީހަކު ނިކުމެ ހުއްޓުވަން ވީތޯއެވެ. އަދި ތިބީ އިޝާނަމާދު ނުކުރެވިފައި ކަމަށާއި އިޝާނަމާދު ކުރެވޭނީ މިސްކިތުން ތަރާވީހް ނަމާދުކޮށް ނިމުމުން ކަމަށާއި ތިން ފަހަރަކަށް ނަމާދުކުރަން ފަށާފައި ހުއްޓާލަން ޖެހިއްޖެ ކަމަށެވެ.

މިކަމުގައި ޝަހީމް އިތުރަށް ވިދާޅުވެފައިވަނީ ތަރާވީޙު ނަމާދާއި ދަމު ނަމާދު ފަދަ އަޑު ހަރުކޮށް ކިޔަވާ ނަމާދުތަކުގައި އެފަދަ މިސްކިތްތަކުގެ ކައިރީގައި އުޅޭ އުޒުރުވެރިންނާއި ނިދާ ކުޑަ ކުދިންގެ މަސްލަޙަތު ރިޢާޔަތްކުރުން ވެސް މުހިންމު ކަމަށާއި ވިސްނަންވީ ޝަރީޢަތުގެ މަޤުޞަދުތަކަށް ކަމަށެވެ. ކޮންމެ ކަމެއްގައި ވެސް މެދުމިންކަމުގެ އުޞޫލު އޮންނާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް