މި ރޯދަމަހުވެސް އުރީދޫގެ ފަރާތުން ހަދިޔާ ފޮށި ހިމެނޭހެން ކަސްޓަމަރުންނަށް ގިނަ ޕްރޮމޯޝަންތަކެއް

އުރީދޫ މޯލްޑިވްސްއިން ރޯދަމަހާ ގުޅުވައިގެން ކޮންމެ އަހަރަކުވެސް ކަސްޓަމަރުންނާއި ހަމައަށް ދަނީ ގިނަ ކަންތައްތަކެއް ގެނެސްދެމުންނެވެ. އަޅުގަނޑުމެންގެ ފަރާތުން ފޯރުކޮށްދެވޭ ޚިދުމަތްތަކުގެ ތެރެއިން އިތުރ...

12 Mar 2024 | 09:18

އުރީދޫ މޯލްޑިވްސްއިން ރޯދަމަހާ ގުޅުވައިގެން ކޮންމެ އަހަރަކުވެސް ކަސްޓަމަރުންނާއި ހަމައަށް ދަނީ ގިނަ ކަންތައްތަކެއް ގެނެސްދެމުންނެވެ. އަޅުގަނޑުމެންގެ ފަރާތުން ފޯރުކޮށްދެވޭ ޚިދުމަތްތަކުގެ ތެރެއިން އިތުރު ޕްރޮމޯޝަންތަކާއި ހަރަކާތްތައް ވަނީ ރޭވިފައެވެ.

ހަދިޔާފޮށި:

މިދިޔަ އަހަރު ތައާރަފު ކުރެވުނު ހަދިޔާފޮށި ވެގެން ދިޔައީ ކަސްޓަމަރުންގެ ތެރޭގައި މަގުބޫލު ޕްރޮމޯޝަނަކަށެވެ. މިގޮތުން މިއަހަރުވެސް ކަސްޓަމަރުންނަށް ހަދިޔާފޮށީގައި ބައިވެރިވެވޭނެއެވެ. އުރީދޫ ސުޕަރއެޕްގައި ހަދިޔާ ފޮށި މެދުވެރިކޮށް އެތައް އިނާމުތަކެއް ލިބުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. މީގެ ތެރޭގައި ޑެއިލީ އަދި ވީކްލީ ހަދިޔާ ހިމެނެއެވެ. ހަދިޔާ ތަކުގެ ތެރޭގައި ބޯނަސް ޑޭޓާ، ގިފްޓް ވައުޗަރ، މޮބައިލް ފޯނު، ޕީއެސް 5 އަދި އެޕަލް ވިޝަން ޕްރޯ ހިމެނެއެވެ.

ރޯދަ ހަދިޔާ:

500ރ އިން މަތީ ޑޭޓާ ޕެކް ނެގުމުން %60 އާހަމައަށް ބޯނަސް ޑޭޓާ ލިބިގެންދާނެއެވެ. ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް ވެސް މި އޮފަރ ގައި ބައިވެވޭނެއެވެ.

ގިފްޓް އަ ޕެކް:

ރޯދަ މަހުގެ ތެރޭގައި ފެށޭ މިއޮފަރ ގައި އެއް ކަސްޓަމަރުގެ ފަރާތުން އަނެއް ކަސްޓަމަރަށް ޑޭޓާ ޕެކް ހަދިޔާ ކުރެވޭނެއެވެ.

ސުޕަރނެޓު އެކްޓިވޭޓް އެންޑް ވިން:

އަލަށް ސުޕަރނެޓު ނަންގަވާ ފަރާތްތަކުގެ މެދުގައި ކޮންމެ ހަފްތާއަކު ނެގޭ ގުރުއަތަކުން ހޮވޭފަރާތަކަށް ހާއްސަ އިނާމެއް ލިބިލައްވާނެއެވެ. ކޮންމެ ހަފްތާއަކު ގްރޭޓާރ މާލެ އޭރިއާ، ސެންޓްރަލް، ނޯތު އަދި ސައުތު ރީޖަން އިން ނަސީބުވެރިން ހޮވޭނެއެވެ.

އިފްތާރު ޕެކް ހަދިޔާ ކުރުން:

އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާއެކު ކޮންމެ ތަނެއްގައި ހުރެގެންވެސް އިފްތާރު ޕެކެއް ހަދިޔާ ކުރެވޭނެއެވެ. މި ޕެކްތައް ބެހުމަށް ހަމަ ޖެހިފައިވަނީ ބުރުޒު ކޭޓަރިންނާއިއެކު މިސްކިތްތަކަށެވެ.

ޕްރޭޔަރ އެލާޓް:

އެކްޓިވޭޓް ކުރުމުން ނަމާދު ވަގުތުގެ 15 މިނިޓު ކުރިން އެލާޓެއް ފޯނަށް ލިބޭނެއެވެ. މި ޚިދުމަތަށް އިތުރު އަގެއް ނުނަގާނެއެވެ.

ފިތުރު ޒަކާތް:

އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާއެކު ކޮންމެ ތަނެއްގައި ހުރެގެންވެސް ފިތުރު ޒަކާތް ދެއްކުން

މީގެ އިތުރަށް އުރީދޫ މޯލްޑިވްސްގެ މިރޯދަމަހު ތައާރަފު މިކުރާ ސީ.އެސް.އާރު ޕްރޮގްރާމް "އިސްރަށްވެހިންނާއި އެކު"، މި ޕްރޮގްރާމްގެ އެކި ހަރަކާތްތަށް މުޅި އަހަރަށް ބަހާލެވިގެންދާނެއެވެ. އަޅުގަނޑުމެންގެ ގައުމާއި، މުޖުތަމައު ކުރިއަރާފައި މިވަނީ އިސްރަށްވެހިންގެ މިންނަތް މަސައްކަތުންނެވެ. އަޅުގަނޑުމެން އެންމެންވެސް ދަންނަން ވާނެ ކަމަކީ، ގައުމުގެ ރައުސުލްމާލަކީ އިސްރަށްވެހިންކަން، އަދި އެބޭފުޅުން ކުރެއްވި މަސައްކަތް ދެނެގަނެ،އުމުރުން ދުވަސްވި ދުވަހު އަޅާލާ، އެކި ކަންކަމުގައި އެބޭފުޅުން ބައިވެރިކުރުމަކީ ނުހަނު މުހިއްމުކަމެކެވެ.

މިރޯދަމަހުގެ ތެރޭގައި އިތުރަށް ކުރުމަށް ރާވާފައި ކަންތަކުގެ ތެރޭގައި:

އިސްރަށްވެހިންނާއިއެކު ރޯދަވީއްލުން: ޒުވާނުންނާއި އިސްރަށްވެހިންނާއިއެކު ރޯދަވިއަލާ ހިޔާލު ބަދަލު ކޮށްލެވޭނެ މާހައުލެއް ގާއިމު ކުރެވޭ ރޯދަވީއްލުމެއް ބޭއްވޭނެއެވެ.

ރޯދަ ކުއިޒް:

ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރިއަށްދާ ކުއިޒުގައި ބައިވެރިވެގެން ހޮވޭ ނަސީބުވެރި ފަރާތަކަށް އުމްރާ ދަތުރެއް ލިބިގެންދާނެއެވެ. މިއީ ޤިބްލަ ހައްޖު އެންޑު އުމްރާ ގުރޫޕް އާއި އުރީދޫ ގުޅިގެން ދެވޭ ހަދިޔާއެކެވެ.

އަތޮޅު ދުވުން:

ލީޑަރބޯޑުގެ އެއްވަނަ އަށް ދާ ފަރާތަކަށް ދެމީހުންގެ އުމްރާ ދަތުރެއް ޤިބްލަ ހައްޖު އެންޑު އުމްރާ ގުރޫޕް އާއި އުރީދޫ ގުޅިގެން ހުށައަޅާފައިވެއެވެ.

ހުރިހާ ދިވެހިންނަށް އަދި އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް ރަމަޟާން މުބާރިކް.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް