ބޭނުންވާނެ ތަކެތި
1 ޕެކެޓް ޕެންނެ ޕާސްތާ
2 މޭޒުމަތީ ސައިސަމުސާގެ ބަޓަރު ނުވަތަ މާޖެރިން
2 ފިއް ލޮނުމެދު ( މުގުރާލާފަ)
2 މޭޒުމަތީ ސައިސަމުސާ ފުށް
4/3 ޖޯޑު ފެން
4/3 ޖޯޑު ކިރު
3/1 ޖޯޑު ޕާމެސަން ޗީޒް ގާނާފަހުރި ( ފެކެޓްގައި ހުންނަ ޕައުޑަރވެސް ބޭނުން ކުރެވިދާނެ)
ރަހަލާވަރަށް ލޮނު އަދި މުގުރި އަސޭމިރުސް
ހައްދަވާނެ ގޮތް
''ޕެންނެ ޕާސްތާ ޕެކެޓުގައިވާ އިރުސާދާ އެއް ގޮތައް ކައްކަވާލައްވާ.
ބަޓަރު ކޮޅު ތަވައެއްގައި ހޫނނު ކޮއްލެއްވުމަށް ފަހު ލޮނުމެދު ކޮޅު އަޅުއްވާ ކައްކަވާލައްވާ. ލޮނުމެދު ކޮޅު ލައިޓް ބުރައުން ކުލަ އަރަންދެން ކައްކަވާލަން ވާނެ.
އެއްފަހު ފުށް ކޮޅު އަޅުއްވާ.ފުށްކޮޅާ ލޮނުމެދު ކޮޅު އެއްކޮށް ލުމަށްފަހު ފެން އަދި ކިރު އަޅުއްވާ.
ސޯސްކޮޅު ރަނގަޅަށް ކެކެން ފެށުމުން ކައްކާފަ ހުރި ފެންނެ ޕާސްތާ އަޅުއްވާ.
ރަނގަޅަށް އެއްކޮއްލުމަށްފަހު ޕާމެސަން ޗީޒް އަޅުއްވާ އެއްކޮއްލައްވާ.
ނިންމާލަމުން ލޮނު އަދި މުގުރި އަސޭމިރުސް ކޮޅެއް އަޅުއްވާ ރަހަ ހެޔޮވަރު ކޮށްލައްވާ.''
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް