އިސްލާމިކް ޔުނިވާސިޓީ ގައި ބޭއްވި އެމްއައިބީ އައިފެމް ( މޯލްޑިވްސް އިސްލާމިކް ބޭންކް އިސްލާމިކް ފައިނޭންސް އެގްޒިބިޝަން އޮފް މޯލްޑިވްސް ) ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
މިއީ އިސްލާމިކް ފައިނޭންސަށް ޚާއްސަކޮށްގެ ރާއްޖޭގައި މިފަދަ އެގްޒިބިޝަނެއް ބޭއްވި ފުރަތަމަ ފަހަރެވެ. މި އެގްޒިބިޝަން ކުރިއަށްގެންގޮސްފައިވަނީ އިއްޔެ ހެނދުނު ދިހަޔަކުން ހަވީރު ހަޔަކަށް އައިޔޫއެމްގެ ހޯލްގައެވެ. މި އެގްޒިބިޝަންގެ މަގުސަދަކީ އިސްލާމިކް މާލީ ނިޒާމާއި ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި މި ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ހިތްވަރުދިނުމެވެ.
މި އެގްޒިބިޝަންގައި މޯލްޑިވްސް އިސްލާމިކް ބޭންކްގެ އިތުރުން ބީއެމްއެލް އިސްލާމިކް، އަޔާދީ ތަކާފުލް، އަމާނާ މޯލްޑިވްސް، އެޗްޑީއެފްސީ އަދި މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީގެ ސެންޓާ ފޯ އިސްލާމިކް އިކޮނޮމިކްސް ހިމެނެއެވެ.
މި އެގްޒިބިޝަންގައި އިސްލާމީ މާލީ ނިޒާމްގައި ހުރި ޕްރޮޑެކްޓްސްގެ އިތުރުން މި ދާއިރާގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި ބެހޭގޮތުން ފޯރަމެއްވެސް ކުރިއަށްގެންގޮސްފައިވެއެވެ. މޯލްޑިވްސް އިސްލާމިކް ބޭންކުން އެ ބޭންކުގައި ހުރި ވަޒީފާގެ ފުރުސަތުތަކަށް ވޯލްކް އިން އިންޓަވިއު މި އެގްޒިބިޝަންގައި ކުރިއަށްގެންދިޔައެވެ.
މީގެ އިތުރުން މި އެގްޒިބިޝަންގައި ބައިވެރިވި ދަރިވަރުންނާއި އާންމު ފަރާތްތަކަށް ޚާއްސަކޮށްގެން އިސްލާމީ މާލީ ނިޒާމާއި ބެހޭ ދެ ކުއިޒެއް ކުރިއަށް ގެންދިޔައެވެ. މި ކުއިޒުން ވަނަވަނަ އަށް އަންނަ ފަރާތްތަކަށް ފައިސާގެ އިނާމާއި އެހެނިހެން އިނާމް ދީފައިވެއެވެ.
ވަނަވަނައަށް ދިޔަ ފަރާތްތަކަކީ
ދަރިވަރުންގެ ތެރެއިން
- އެއްވަނައަށް: އައިހަމް މުހައްމަދު ނަޖީބު
- ދެވަނަ އަށް: އާދަމް ނާއިސް ނަސީމް
- ތިންވަނައަށް: ހަމްޔާ އިސްމާއިލް
އާންމުންގެ ފަރާތުން
- އެއްވަނައަށް: ޝަރްވާ ނާސިރު
- ދެވަނައަށް: އާލިމް ޝަކޫރު
- ތިންވަނައަށް: މަރިޔަމް ރަމީޒާ
މީގެ އިތުރުން އެގްޒިބިޝަނަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު ފަރާތަކަށް އުމްރާ ދަތުރެއްވެސް ދީފައިވެއެވެ. އުމްރާ ދަތުރު ލިބުނު ނަސީބުވެރިޔަކީ މަރިޔަމް އިފާޝާ އެވެ. މި ދަތުރު ސްޕޮންސާކޮށްފައި ވަނީ ޔަލަމްލަމް ހައްޖް އެންޑް އުމްރާ ގްރޫޕްގެ ފަރާތުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް