އާޖެންޓީނާގެ ތަރި އަދި ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނެލް މެސީ އޭނާގެ އަމިއްލަ ގަމުމު ދޫކޮށް ދިމުމަށް މިހާރު މަޖުބޫރުވެފައިވާ ކަމަށް އާޖެންޓީނާގެ ކުރީގެ ފުޓްބޯޅަ ލެޖެންޑް ގެބްރިއެލް ހެއިންޒޭ ބުނެފިއެވެ.
ސްޕެއިންގެ ކުޅިވަރު ނޫސް މާކާއާއި ވާހަކަ ދައްކަމުން ހެއިންޒޭ ބުނީ އާޖެންޓީނާގެ ރޮސާރިއޯ އަކީ މެސީގެ ކުޑައިރުގެ ހަނދާންތަކާއި ގުޅިފައިވާ މެސީގެ އަމިއްލަ ހޯމް ކަމަށާއި ނަމަވެސް ޑްރަގް ގޭންގްތަކުގެ އިންޒާރުތަކުގެ ސަބަބުން މެސީއަށް އަމިއްލަ ވަޒަނުގައި ދިރިއުޅެން އުދަނގޫވެފައިވާ ކަމަށެވެ.
އަދި ރޮސާރިއޯއަކީ އާޖެންޓީނާގެ ސިޓީތަކުގެ ތެރެއިން ޑްރަގް ގޭންގްތަކުގެ ނުރައްކާ އެންމެ ބޮޑު ހިސާބު ކަމަށާއި އެހެންކަމުން ގިނަ ބަޔަކަށް އެ ގޭންގްތަކުގެ އުނދަގޫ ފޯރާފައިވާ ކަމަށް އޭނާ ބުންޏެވެ.
ހެއިންޒޭ ބުނީ ދާދި ފަހުން ޑްރަގް ޑީލަރުންގެ ތެރެއިން އިސް ލީޑަރެއް ކަމުގައިވާ އެސިޓީގެ މޭޔަރު ޖޯކިން ވަނީ މެސީގެ އަންހެނުންގެ އާއިލާއަށް ނިސްބަތްވާ ފިހާރައަކަށް ވަދެ އެތަނަށް ހަމަލާދީ އެތާގައި ހުރި ގިނައަދަދެއްގެ ތަކެތި ސުންނާފަތި ކޮށްފައިކަމަށެވެ. އަދި އެ ފިހާރައަށް ދިން ހަމަލާތަކަށް ފަހު އެމީހުން ވަނީ މެސީއަށް މަރުގެ އިންޒާރުދީ ނޯޓެއްވެސް ދޫކޮށްފައިކަމަށާއި އެ ނޯޓުގައި ބުނެފައިވާ ގޮތުން އެމީހުން ބޭނުންވަނީ މެސީ ހޯދާ އޭނާ މަރާލުމަށް ކަމަށެވެ.
އޭނާ ބުނީ މެސީއާއި އޭނާގެ އާއިލާއަށް ގޭންގްތަކުގެ ނުރައްކާ ބޮޑުވެފައިވާއިރު، މެސީ އަށް އޮތް ގޮތަކީ އޭނާގެ އުފަން ގައުމު އާޖެންޓީނާ ދޫކޮށް އެހެން ހިސާބަކަށް ހިޖުރަކުރުން ކަމަށެވެ. އެހެން ނޫނީ މެސީގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.
ހެއިންޒޭ އިތުރަށް ބުނީ ރޮސާރިއޯ އަކީ މިހާރު އެތަނަށް އުފަން މީހުންނަށް ވެސް ދިރިއުޅުމަށް ނުރައްކާވެފައިވާ ތަނެއް ކަމަށެވެ. އެހެން ކަމުން އެތާގައި އެއްވެސް މީހަކަށް ރައްކާތެރިކަމެއް ނެތް ކަމަށް ހެއިންޒޭ ބުންޏެވެ.
" އަހަރެންނަށް ހީވަނީ މިހާރު މެސީއަށް އޭނާގެ އުފަން ސިޓީގައިވެސް އުޅެވެން ނެތްހެން. ރޮސާރިއޯގެ ޑްރަގް ޑީލަރުންގެ ގޭންގްތަކުގެ ނުރައްކާ މެސީއާއި އޭނާގެ އާއިލާއަށް ވަނީ ބޮޑުވެފަ. އެހެން ކަމުން މިއީ މެސީ ވިސްނަން ޖެހޭ ކަމެއް. މެސީ އަށް އެއްވެސް ރައްކާތެރިކަމެއް ނެތް." ހެއިންޒޭ މާކާއާއި ވާހަކަ ދައްކަމުން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް