ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި އިނގިރޭސިވިލާތަށް ވަޑައިގެންފި އެވެ.
ޝާހިދު އެ ގައުމަށް ވަޑައިގެންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެކު ޖަރުމަނުވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެގައުމުންނެވެ.
ޝަހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ދަތުރުފުޅަކީ ކޮމަންވެލްތު ގައުމުތަކުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމަކަށް ކުރައްވާ ދަތުރެއް ކަމަށެވެ.
މި ދަތުރުފުޅުގައި ކޮމަންވެލްތު ގައުމުތަކުގެ ސަރުކާރުގެ މިނިސްޓަރުންނާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.
އަދި އިނގިރޭސިވިލާތުގެ އެކި އިދާރާތަކާއި މިނިސްޓްރީތަކުގެ ވެރިންނާއި ބައްދަލުކުރައްވާނެ އެވެ.
އެ ބައްދަލުވުންތަކުގައި އެކި ދާއިރާތަކުން ދިވެހިރާއްޖެއިން ގުޅުން ބަދަހިކުރުމާގުޅޭއި މުހިއްމު މަޝްވަރާތަކެއް ކުރައްވާނެ ކަމަސް ޝާހިދު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް