ނޮޅިވަރަމްފަރު ބިލެތްކަމަނަ އެވޯޑު ހަ ފަރާތަކަށް ދިފި

ކޮންމެ އަހަރަކު އަންހެނުންގެ ދުވަހާއި ގުޅުވައިގެން ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އިން ކުރިއަށް ގެންދާ ބިލެތްކަމަނަ އެވޯޑު ހަ ފަރާތަކަށް ދީފި އެ...

12 Mar 2023 | 14:29

ކޮންމެ އަހަރަކު އަންހެނުންގެ ދުވަހާއި ގުޅުވައިގެން ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އިން ކުރިއަށް ގެންދާ ބިލެތްކަމަނަ އެވޯޑު ހަ ފަރާތަކަށް ދީފި އެވެ.

މި އެވޯޑަކީ  އެ ރަށުގެ ކަނބަލުން އެކި ދާއިރާތަކުގައި ކުރާ މަސައްކަތްތަކުގެ އަގު ވަޒަންކޮށް އެ ކަނބަލުންގެ މަސައްކަތުގެ މާހައުލުގައި ބާރުވެރިކުރުވުމުގެ ގޮތުން ނޮޅިވަރަންފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ކޮންމެ އަހަރަކު ދެމުން އަންނަ އެވޯޑެކެވެ.

މި އެވޯޑް ހަފްލާ ކުރިއަށް ގެންގޮސްފައިވަނީ ނޮޅިވަރަންފަރު ސުކޫލުގައި މިދިޔަ ހުކުރު ދުވަހުގެ ރޭގައެވެ. މި ހަފްލާ ޝަރަފްވެރި ކޮށްދީފައި ވަނީ ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސާ މަރިޔަމް ވަހީދާއެވެ.

މި ހަފްލާގައި ނޮޅިވަރަންފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އިން މި ހަފްލާގެ ޝަރަފުވެރި މެހެމާނަށް ވަނީ ހާއްސަ ހަނދާނީ ފިލައެއް އަރުވާފައެވެ. އަދި ހަމަ އެހެންމެ މި ހަފްލާގައި މި ކޮމިޓީ އިން އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ދިހަ ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންގޮސްފައިވާ އެކި އެކި ކުޅިވަރު މުބާރާތްތަކުން ވަނަ ވަނަ އަށް ގޮސްފައިވާ ފަރާތްތަކަށް އިނާމު ދީފައިވެއެވެ.

މި އަހަރުގެ ބިލެތްކަމަނަ އެވޯޑު ހާސިލްކޮށްފައިވާ ފަރާތްތަކަކީ ސާރާ ޔޫސުފް / ބޮކަރުމާގެ / ހދ ނޮޅިވަރަންފަރު (އިދާރީ ދާއިރާ) ، ޝަކީބާ މުހައްމަދު/ހުވަދުމާގެ/ ހދ ނޮޅިވަރަންފަރު (ސިއްހީ ދާއިރާ) ، އާމިނަތު ޝާހިދާ /ރޯޅިވާގެ / ހދ ނޮޅިވަރަންފަރު (އާރޓް / ފަންނުވެރިކަމުގެ ދާއިރާ) ، މަރިޔަމް ހަނާ /ދުންތަރި / ހދ ނޮޅިވަރަންފަރު ( ދުޅަހިޔޮ ހަށިހެޔޮ ދާއިރާ) ، ފާތުމަތު ފައުޒިއްޔާ /ޝަބުނަމީގެ / ހދ ނޮޅިވަރަންފަރު (ތައުލީމީ ދާއިރާ) ، ޖަމީލާ ހުސެން /ޒިއުރިކް / ހދ ނޮޅިވަރަންފަރު (ދަރުމްވެރި ދާއިރާ) އެވެ.

މި ހަފްލާ ކުރިއަށް ގެންދިޔުމުގައި އެކި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ޝުކުރުއަދާ ކޮށޮފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް