ބީއެމްއެލް ކޮމިއުނިޓީ ފަންޑުން ހިންގި ތިން ޕްރޮޖެކްޓެއް ނިންމާލައިފި

ބީއެމްއެލް ކޮމިއުނިޓީ ފަންޑު ގެ ދަށުން ދ. ހުޅުދެލި، ލ. މުންޑޫ އަދި ލ. ފޮނަދޫގައި ހިންގި ޕްރޮޖެކްޓްތައް ކާމިޔާބު ކަމާއެކީ ނިންމާލައިފިއެވެ. ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ ދެމެހެއްޓެނެވި ގޮތެއްގައި ރަށް...

12 Mar 2023 | 12:28

ބީއެމްއެލް ކޮމިއުނިޓީ ފަންޑު ގެ ދަށުން ދ. ހުޅުދެލި، ލ. މުންޑޫ އަދި ލ. ފޮނަދޫގައި ހިންގި ޕްރޮޖެކްޓްތައް ކާމިޔާބު ކަމާއެކީ ނިންމާލައިފިއެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ ފަންޑެކެވެ.

މި ފަންޑުގެ ދަށުން ހުޅުދެލީގައި މަސްކަނޑާތަނެއް ގާއިމް ކޮށްފައި ވާއިރު މުންޑޫގެ ބަނދަރު ސަރަހައްދުގައި ދަތުރުވެރިންނަށް ހާއްސަ ތަނެއްވެސް ވަނީ ގާއިމްކޮށްފައެވެ. މީގެ އިތުރުން ހަމަ މި ފަންޑުގެ ދަށުން ފޮނަދޫގައި ހުންނަ ލ.އަތޮޅު ތައުލީމީ މަރުކަޒުގެ 4 ކްލާސްރޫމެއް ޑިޖިޓައިޒްކުރުމުގެ ގޮތުން ޓީވީ ބަހައްޓާފައި ވެއެވެ.

ހުޅުދެލީގައި މި ގާއިމު ކުރެވިގެންދިޔަ މަސްކަނޑާތަނާއި އެކު މަސްވެރިން ގެ އިތުރުން އެރަށުގެ އާންމު ރައްޔިތުންނަށް ވެސް މަސްކެނޑުމަށް ވެސް ބޮޑެތި ފަސޭހަތައް ވާނެއެވެ. ދުވާލުގެ ވަގުތުތަކުގެ އިތުރުން ރޭގަނޑުވެސް މިތަން ބޭނުންކުރެވޭނެ ގޮތަށް ފަރުމާކޮށްފައި ވާއިރު މި ޕްރޮޖެކްޓް ހިންގާފައިވަނީ ހުޅުދެލީ އައިލެންޑް ސޮސައިޓީ އެންޑް ސްޕޯރޓްސް އެސޯސިއޭޝަން އިންނެވެ.

މުންޑޫ ބަނދަރު ސަރަހައްދުގައި ދަނޑުވެރިންނަށް ހާއްސަ ތަނެއް ވެސް މި ފަންޑުގެ ދަށުން ހަދާފައި ވެއެވެ. މިތާނގައި ލަކުނޑި ބެންޗްތައް ބަހައްޓައި ދަތުރުވެރިން މަޑުކޮށްލުމަށްޓަކައި ހިޔާވެވޭހެން ހަޓެއްވެސް ހަދާފައިވެއެވެ. މި ޕްރޮޖެކްޓް ހިންގާފައިވަނީ މުންޑޫ ޒުވާނުންގެ ޖަމިއްޔާ އިންނެވެ.

ވިމެން އެންހޭންސްމަންޓްގެ ފަރާތުން ކުރިއަށް ގެންގޮސްފައިވާ މި ޕްރޮޖެކްޓްގެ ދަށުން ފޮނަދޫގައި ހުންނަ އެއަތޮޅުގެ ތައުލީމީ މަރުކަޒުގެ 4 ކްލާސްރޫމެއް ޑިޖިޓައިޒްކުރުމުގެ ގޮތުން ޓީވީ ބަހައްޓާފައި ވެއެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން މިހާތަނަށް  80 ޕްރޮޖެކްޓެއް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދީފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް