ފުލުހުންނަށް ދޮގު ބަޔާނެއް ދިން މީހަކަށް ހަތަރު މަހުގެ ޖަލު ޙުކުމް ކޮށްފިއެވެ.
މިދިޔަ ހަފްތާގައި މި ހުކުމް ކޮށްފައި ވަނީ ހުވަދު އަތޮޅުގެ ރަށެއްގައި 2019 ވަނަ އަހަރުގައި ހިނގާފައިވާ މާރާމާރީ އަކާއި ގުޅުން ހުރި ތަހުހީގެއްގައި ދޮގު ބަޔާނެއް ދިނުމުންނެވެ.
2019 ވަނަ އަހަރުގައި ގުރޫޕަކުން އޭނާ ދިރިއުޅޭ ގޭ ދޮށަށް ގޮސް ބިރުދައްކައި އިންޒާރުދީ ގޭގައި ހުރި ބައެއް ތަކެއްޗަށް ގެއްލުން ދިން މަންޒަރު ފެނުނު ކަމަށް ބުނެ ފުލުހުންނަށް ބަޔާން ދިނުމަށްފަހު ކޯޓުގައި ފުލުހުންނަށް ދިން ބަޔާން ނަފީކޮށް އަދި އެއީ ފުލުހުން ބުނެގެން އޭރުދިން ޙަޤީޤަތާ ޚިލާފު ބަޔާނެއް ކަމަށް ބުނެފައިވެއެވެ.
މަޖުބޫރީ ހާލަތެއްގައި ހުރެ ކުރި ކަމެއް ކަމުގައި ބުނެ ދޮގު ބަޔާން ދިނުމުގެ ދައުވާއަށް އޭނާ އިންކާރު ކޮށްފައިވާއިރު ދައުލަތުން އޭނާގެ މައްޗަށް ކޮށްފައިވަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާއެވެ.
މިމައްސަލައިގައި ކުށް ސާބިތުވާވަރުގެ ހެކި ހުރިކަމަށް ކޯޓުން ނިންމައި ހަތަރު މަހާއި ސައުވީސް ދުވަހުގެ ޖަލު ހުކުމެއް ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް