ކޮމިއުނިޓީ ސޭފްޓީ ޕާޓްނަޝިޕް ޕްރޮގްރާމް ކުރިއަށް ގެންދަން ފުލުހުން ފަސް ފަރާތަކާއެކު ސޮއި ކޮށްފި

"ކޮމިއުނިޓީ ސޭފްޓީ ޕާޓްނަރޝިޕް" ޕްރޮގްރާމްގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން ފަސް ފަރާތަކާ ދެމެދު ފަހުމުނާމާ ތަކެއްގައި ސޮއިކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތު...

12 Mar 2023 | 09:06

"ކޮމިއުނިޓީ ސޭފްޓީ ޕާޓްނަރޝިޕް" ޕްރޮގްރާމްގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން ފަސް ފަރާތަކާ ދެމެދު ފަހުމުނާމާ ތަކެއްގައި ސޮއިކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ފަސް ފަރާތަކާ ދެމެދު ފަހުމުނާމާ ތަކެއްގައި ސޮއިކޮށްފައި ވަނީ އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޮމިއުނިޓީ އެންގޭޖްމަންޓުގެ ގޯލްޑް ސްޕޮންސަރ ސޮލަރެލް އިންޝުއަރެންސް ކޮމްޕެނީ، މީޑިއާ ޕާޓްނަރ އެސްއެސް ޓީވީ، އެސޯސިއޭޓް ޕާޓްނަރ ސިމްޑީ ކޮމްޕެނީ، އެސޯސިއޭޓް ޕާޓްނަރ އައިކެއަރ އޮޕްޓިކަލްސް، އަދި ޕާޓްނަރ އެންލައިޓްން އަ މައިންޑްފުލް ކޮމިއުނިޓީއާ ދެމެދު އެވެ.

އެގޮތުން މި އެއްބަސްވުންތަކުގައި ފުލުހުންގެ ފަރާތުން ފަހުމުނާމާ ތަކުގައި ސޮއިކުރެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދު އެވެ.

އެންލައިޓްން އަ މައިންޑްފުލް ކޮމިއުނިޓީގެ ފަރާތުން ސޮއިކުރެއްވީ ކޯ ފައުންޑިންގ ޕްރެޒިޑެންޓް އާމިނަތު ރީމާއެވެ. ސޮލަރެލް އިންޝުއަރެންސް ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ދީޕްތާ ދިއަސްއެވެ.

އެސްއެސް ޓީވީގެ ފަރާތުން ސޮއިކުރެއްވީ ޗީފް ކޮންޓެންޓް އޮފިސަރ މުޙައްމަދު ޒަހީންއެވެ. ސިމްޑީ ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ  ސިމްޑީ ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރު ޔޫޝައު ސައީދު އެވެ.

އައިކެއަރ އޮޕްޓިކަލްސްގެ ފަރާތުން ސޮއިކުރެއްވީ މާކެޓިންގ އެންޑް ބިޒްނަސް މެނޭޖަރ އަޒްމާ ޢަބްދުލް ފައްތާހު އެވެ.

މިއަދު ސޮއިކުރެވުނު ކޮމިއުނިޓީ ސޭފްޓީ ޕާޓްނަރޝިޕް އެއްބަސްވުމުގެ ދަށުން ކޮމިއުނިޓީ އެންގޭޖްމަންޓު ތަފާތު ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް