އިދިކޮޅު ކޯލިޝަނުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް މިނިވަން ކުރުމަށް ގޮވާލައި ކުރާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ރޭގައި ހައްޔަރު ކުރި އެންމެން ދޫކޮށްލައިފިއެވެ.
އިދިކޮޅު ޕީޕީއެމްއިން ބުނީ ރޭގ މުޒާހަރާއިން17 މީހުން ހައްޔަރު ކުރި ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ އެންމެން ދޫކޮށްލާފައިވާ ކަމަށެވެ. މި އެންމެން ހައްޔަރު ކޮށްފައި ވަނީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމަތުގައެވެ. ހައްޔަރު ކުރި މީހުންތަކުގެ ތެރޭގައި ޕީޕީއެމްގެ ލީޑާރޝިޕް ގެ މެންބަރުން ހިމެނެއެވެ.
އިދިކޮޅު ކޯލިޝަންގެ ލީޑާރޝިޕްގެ ބޭފުޅުން އިސްވެ ތިއްބަވައިގެން ސިލްސިލާ ކޮށް މުޒާހަރާ ކުރަމުން ދަނީ ރައީސް ޔާމީނަށް ހުކުމް ކޮށްފައި ވަނީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުވާލަން ކަމަށް ވިދާޅުވެއެވެ.
ކުރީގެ ރައީސް ޔާމީން ގެ މައްޗަށް 11 އަހަރުގެ ހުކުމަކާއި ފަސް މިލިއަން ދޮލަރުގެ ޖޫރިމަނާގެ ހުކުމެއް އިއްވާފައި ވަނީ ވ. އާރަށް މައްސަލާގައި މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ކުށް ސާބިތުވުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް