ދިރާގުން މައިކްރޮސޮޕްޓް ސޮލިއުޝަންސް ރާއްޖޭގެ މާކެޓަށް ގެންނަނީ

ދިރާގާއި އެޗް ވަން ސްރީ ލަންކާ އާއި ގުޅިގެން މައިކްރޮސޮފްޓް ސޮލިއުޝަންސް ތަކެއް ރާއްޖޭގެ މާކެޓަށް ގެނައުމަށް ނިންމައިފިއެވެ. މި ޕާޓްނަރޝިޕް މެދުވެރިކޮށް ދިރާގާއި އެޗް ވަން ގުޅިގެން މައިކްރޮސޮފްޓްގެ އު...

12 Mar 2023 | 07:49

ދިރާގާއި އެޗް ވަން ސްރީ ލަންކާ އާއި ގުޅިގެން މައިކްރޮސޮފްޓް ސޮލިއުޝަންސް ތަކެއް ރާއްޖޭގެ މާކެޓަށް ގެނައުމަށް ނިންމައިފިއެވެ.

މި ޕާޓްނަރޝިޕް މެދުވެރިކޮށް ދިރާގާއި އެޗް ވަން ގުޅިގެން މައިކްރޮސޮފްޓްގެ އުފެއްދުންތަކާއި ޚިދުމަތްތައް މި ސަރަޙައްދުގެ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައި ކަމަށާއި އަދި އޭގެ ތެރޭގައި މޮޑަރން ވަރކް ކްލައުޑް، މޮޑަރން ވަރކް ސެކިއުރިޓީ، އެޕްސް އެންޑް އިންފްރާ (އަޒުއަރ)، މޮޑަރން އެޕް ޑިވެލޮޕްމަންޓް އަދި ޑޭޓާ އެންޑް އެނަލިޓިކްސް ފަދަ މައިކްރޮސޮފްޓް ޓެކްނޮލޮޖީތައް ހިމެނޭކަމުގައި ދިރާގުން ބުނެއެވެ.

ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގެ ކަސްޓަމަރުންނަށް މައިކްރޮސޮފްޓާއި ޓެލެކޮމިއުނިކޭޝަންގެ ފުޅާ ދާއިރާއެއްގައި ހިދުމަތްތައް ގެނެސްދިނުމަށް އެޗް ވަން ސްރީލަންކާއާ އެކު ޕާޓްނާޝިޕް ގެނައުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަމާޒަކީ މި ދެކުންފުނީގެ ތަޖުރިބާއާއެކު، ކަސްޓަމަރުންގެ ފުޅާވަމުން އަންނަ ބޭނުންތައް ފުއްދައިދިނުމަށް ފަސޭހަ ވަން ސްޓޮޕް ސޮލިއުޝަނެއް ފޯރުކޮށްދިނުމެވެ.

އަދި މި ޕާރޓްނަރޝިޕް މެދުވެރިކޮށް އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދީފައިވާނީ ދިރާގުގެ އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގެ މާކެޓަށް ޚިދުމަތް ފޯރުކޮށްދިނުމަށް ކަމުގައިވެސް އިސްމާއިލް ރަޝީދު ވިދާޅުވެފައި ވެއެވެ.

ޑައިލޮގް އެކްސިއާޓާ ޕީއެލްސީގެ ޑިރެކްޓަރު/ގްރޫޕް ޗީފް އެގްޒެކެޓިވް އަދި އެޗް ވަންގެ ޑިރެކްޓަރު ސުޕުން ވީރަސިންހަ މިކަމާ ގުޅިގެން ވިދާޅުވެފައި ވަނީ މި ޕާރޓްނާޝިޕަކީ ރާއްޖޭގެ މާކެޓުގައި އަޅުގަނޑުމެންގެ ބައިވެރިވުން ފުޅާކުރުމުގައި އެޗް ވަންއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައާއި އަދި މައިކްރޮސޮފްޓް ޓެކްނޮލޮޖީގެ ތަޖުރިބާއާ ދިރާގުގެ ވަރުގަދަ ލޯކަލް ޕްރެޒެންސާއި ކަސްޓަމަރުންނާއެކު އޮންނަ ގުޅުމާއިއެކު އެންމެ ފެންވަރު ރަނގަޅު ހިދުމަތްތައް އެ ކަސްޓަމަރުންނަށް ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން އެބައޮތްކަމުގައެވެ.

ދިރާގުގެ މާކެޓް ރީޗް، ވަރުގަދަ ކަސްޓަމާރ އެންގޭޖްމަންޓް އަދި ކޮމްޕްލިމެންޓްރީ އައިސީޓީ ގެ ހިދުމަތްތަކާއެކު މައިކްރޮސޮފްޓް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންނަށް ދިމާވާ ވިޔަފާރީގެ ގޮންޖެހުންތަކަށް ސީދާ ހައްލުތަކެއް ފޯރުކޮށްދެވޭނެކަމަށް ގަބޫލުކުރައްވާ ކަމުގައި އެޗް ވަންގެ ޑިރެކްޓަރ/ޗީފް އެގްޒެކެޓިވް އޮފިސަރު ވެނޫރާ މެންޑިސް ވިދާޅުވެފައިވެއެވެ.

ދިރާގުން  ރާއްޖޭގެ އެންމެ ހަލުވި އިންޓަރނެޓް ފޯރުކޮށްދޭ ނެޓްވޯކުގެ އެވޯޑު ޖެހިޖެހިގެން ދެ އަހަރުގައި ވެސް ހޯދާފައިވާ ކަން ވެސް ފާހަގަކޮށްލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް