ސަތީޝްއަށް ޒަހަރު ދީގެން މަރާލި ކަމުގެ ތުހުމަތު އިންޑިއާގެ ވިޔަފާރިވެރިއަކަށް!

އިންޑިއާގެ މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރު ސަތީޝް ކައުޝިލް މަރާލި ކަމުގެ ތުހުމަތު އިންޑިއާގެ ވިޔަފާރިވެރިއަކަށް ކޮށްފި އެވެ. އުމުރުން 66 އަހަރުގައި ސަތީޝް މަރުވީ ހާޓް އެޓޭކެއް ޖެހިގެންނެވެ. އޭނާ މ...

12 Mar 2023 | 07:28

އިންޑިއާގެ މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރު ސަތީޝް ކައުޝިލް މަރާލި ކަމުގެ ތުހުމަތު އިންޑިއާގެ ވިޔަފާރިވެރިއަކަށް ކޮށްފި އެވެ.

އުމުރުން 66 އަހަރުގައި ސަތީޝް މަރުވީ ހާޓް އެޓޭކެއް ޖެހިގެންނެވެ. އޭނާ މަރުވީ ވެރިރަށް ދިއްލީގެ ގުގުރަމް ސިޓީގައި ހުއްޓަ މިމަހުގެ އަށް ވަނަ ދުވަހު އެވެ.

އޭނާގެ ޖަނާޒާގެ ކަންކަން މިހާރު ކުރިޔަށް ގެންދާއިރު މުމްބާއީއަށް ސަތީޝްގެ ހަށިގަނޑު ގެންދިޔައީ ޕޯސްޓްމޯޓަމް ހެދުމަށް ފަހު އެވެ. އެ ޓެސްޓުގެ ނަތީޖާ އަދި ހާމައެއް ނުކުރެ އެވެ.

އޭގެ ކުރިން މިހާރު ވަނީ ސަތީޝްގެ މަރާއި ގުޅުން ހުރި އިތުރު މައުލޫމާތުތަކެއް އާންމުވެ ފުލުހުންގެ ތަހުގީގު ފުޅާ ކުރަން ޖެހިފައި އެވެ. އެއީ ސަތީޝް އުޅުނުގެ ގޭތެރެއިން މަނާ ބޭސްތަކެއް ފެނުމުން ފެށި ތަހުގީގުގެ ތެރެއިން ލިބުނު މައުލޫމާތެކެވެ.

އެ މަނާ ބޭސްތަކުގެ ހަގީގަތް ބަލަމުން ދަނިކޮށް އިންޑިއާގެ މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވާ ވިކާސް މަލޫގެ ދެވަނަ އަނބިމީހާ ސާންވީ މަލޫ ވަނީ ސަތީޝް މަރުވީ އޭނާގެ ފިރިމީހާ ޒަހަރުދީގެން ކަމަށް ބުނެ ދިއްލީ ޕޮލިސް ކޮމިޝަނަށް ސިޓީއެއް ފޮނުވާފައި އެވެ.

އެ ސިޓީގައި އޭނާ ވަނީ ސަތީޝް މަރާލީ އޭނާ ފިރިމީހާ ކަމަށް ބުނެފައި އެވެ. މި މައްސަލައިގަ ވަރަށް އަވަހަށް ބަޔާން ނަގަން ސާންވީ ދިއްލީ ފުލުހަށް ހާޒިރު ކުރާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މިކަމާއި ގުޅިގެން ވިކާސް އަދި އެއްޗެއް ނުބުނެ އެވެ.

މަޝްހޫރު ގިނަ ފިލްމުތަކެއްގައި މަސައްކަތް ކޮށްފައިވާ ސަތީޝް ފިލްމީ ދާއިރާއަށް ވަނީ ތިއޭޓާ ޕާފޯމަންސްގެ ދާއިރާއިންނެވެ. އޭނާ އަކީ ސްކްރީން ރައިޓަރެއްގެ އިތުރުން ޑައިރެކްޓަރެއް، ކޮމީޑިއަން އެއް، އެކްޓަރެއް އަދި ޕްްރޮޑިއުސަރެކެވެ.

އޭނާ ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި “ދީވާނާ މަސްތާނާ”، “މިސްޓާ އިންޑިއާ”، “ބްރިކް ލޭން” އަދި “ސާޖަން ޗަލޭ ސަސުރާލް” ހިމެނެ އެވެ. އޭނާ ޑައިރެކްޓު ކުރި ފިލްމުތަކުގެ ތެރޭގައި “ތޭރޭ ނާމް” އަދި ރޫޕް ކީ ރަނީ ޗޯރޯން ކާ ރާޖާ” ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް