ގުރައިދޫ ދާއިރާގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރޭޓްސް ޕާޓީގެ ޕްރައިމަރީއަށް ތިން މީހުން ކުރިމަތިލައިފި އެވެ.
އެ ޕާޓީގެ ޕްރައިމަރީގައި ވާދަ ކުރަން ފުރުސަތު ހުޅުވާލީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
އެ ޕާޓީން މިއަދު ބުނީ މުއްދަތު ހަމަވިއިރު ތިން ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އެއީ ގުރައިދޫ ދާއިރާގައި ހިމެނޭ މާފުށީގެ ތިން ޒުވާނުން ކަމަށް ބުނެފައިވެ އެވެ.
އެމްޓީޑީން ބުނީ އެފަރާތްތަކަށް ގަނޫނީ ރެކޯޑްތައް ސާފުކޮށް ޕާޓީއަށް މިއަދު ހުށަހަޅަން އަންގާފައިވާނެ ކަމަށެވެ. އެ ޕާޓީން ބުނީ މިއީ މާފުށީ ފަހަރު- މިއީ ޒުވާނުންގެ ފަހަރު ކަމަށެވެ.
އެމްޓީޑީގެ އިތުރުން އެ ދާއިރާގެ ބައި އިލެކްޝަންގައި ވާދަ ކުރަނީ އެމްޑީޕީ، ޕީޕީއެމް އަދި އެމްއެންޕީ އެވެ. އެ ޕާޓީތަކުން ވަނީ ވާދަ ކުރާ ކެންޑިޑޭޓުން ކަނޑައަޅާފައި އެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވާނީ މެމްބަރު އިބްރާހިމް ރިޒާ ކެންސަރު ބަލީގައި އަވަހާރަ ވުމުންނެވެ. މި އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އޭޕްރިލް 15 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް