މާލޭ ސިޓީ ކައުންސިލްގެ "ފަންނުވެރިޔާ" ވޯކްޝޮޕް ފަށައިފި އެވެ.
މި ވޯކްޝޮޕަކީ ފަންނުވެރިކަމުގެ ދާއިރާއިން ޒުވާނުން ތަމްރީނު ކުރުމަށް ކުރިޔަށް ގެންދާ އާޓް އެންޑް ކްރާފްޓް ވޯކްޝޮޕެކެވެ. މި ވޯކްޝޮޕް ފެށޫމުގެ ގޮތުން ރޭ ވަނީ ރަސްމިއްޔާތެއް ބާއްވާފައ އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ މި ވޯކްޝޮޕް ރަސްމީކޮށް ފައްޓަވައިދެއްވީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެވެ.
ސިޓީ ކައުންސިލުން ބުނީ މި ވޯކްޝޮޕްގައި40އަށްވުރެ ގިނަ ޒުވާނުން ބައިވެރިވި ކަމަށެވެ. މި ވޯކް ކުރިޔަށް ގެންދަނީ އެއް މަސްދުވަހުގެ މުއްދަތަށް ހިލޭ އެވެ.
މި ވޯލްޝޮޕާއި ގުޅޭގޮތުން ޑރ. މުއިއްޒު ކުރިން ވިދާޅުވީ މިއީ ޒުވާނުންނަށް އާމްދަނީ ހޯދޭނެ ފަހި ފުރުޞަތުތަކެއް ހޯދައިދިނުމުގެ ގޮތުން މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިއުމަށް ނިންމި ޕްރޮގްރާމެއް ކަމަށެވެ. އަދި މި ވޯކްޝޮޕްގެ ބޭނުމަކީ މާލޭގެ ހުރިހާ އަވަށެއްގެ ރައްޔިތުން ޝާމިލްވާގޮތަށް އާރޓް އެންޑް ކްރާފްޓްގެ ފަންނުގެ ދާއިރާއިން ހިލޭ މިކަހަލަ ކޯހެއް ހިންގާ ގިނަ ޒުވާނުންތަކެއް ތަމްރީން ކުރުމަކީ މަގުސަދެއް ކަމަށް ވިދާޅުވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް