ކެޓްރީނާގެ ދެމަފިރިން އަނުޝްކާގެ ދެމަފިރިންނަށް ދިން ކެއުމުގެ ދައުވަތުގެ ވާހަކަ!

ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ކެޓްރީނާ ކެއިފް އާއި އަނުޝްކާ ޝަރުމާ އަކީ އަވައްޓެރިންނެވެ. ދެ ތަރިން ފިރިންނާއި އެކު ދިރިއުޅެނީ އިންޑިއާގެ މުމްބާއީގެ އަގުބޮޑު ސަރަހައްދު ކަމަށްވާ ބާންދްރާގައި އެވ...

12 Mar 2023 | 05:12

ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ކެޓްރީނާ ކެއިފް އާއި އަނުޝްކާ ޝަރުމާ އަކީ އަވައްޓެރިންނެވެ.

ދެ ތަރިން ފިރިންނާއި އެކު ދިރިއުޅެނީ އިންޑިއާގެ މުމްބާއީގެ އަގުބޮޑު ސަރަހައްދު ކަމަށްވާ ބާންދްރާގައި އެވެ.

އަނުޝްކާ ދާދި ފަހުން ޝޯއެއްގައި ވާހަކަ ދައްކަމުން ބުނީ އޭނާ އާއި ފިރިމީހާ ވިރާޓު ކޯލީ ރޭގަނޑުގެ ކެއުމަކަށް ކެޓްރީނާ މެންގެއަށް ދިއުމަށް ކެޓްރީނާ އާއި ވިކީ ކައުޝަން ދައުވަތު ދިން ކަމަށެވެ. އެ ދައުވަތުގައި ކާން ޖެހުނު ގޮތުގެ ވާހަކަ އަކީ ވަރަށް މަޖާ ވާހަކައެއް ކަމަށް ބުންޏެވެ.

އަނުޝްކާ ބުނީ އެ އާއިލާ ރޭގަނޑު ކަނީ ހަވީރު 6:00 އާއި 6:30 އާއި ދެމެދުގައި ކަމަށް ކެޓްރީނާ ކައިރީ ބުނި ކަމަށެވެ. ކެޓްރީނާމެން ކަނީ 7:00 އާއި 7:30 އާއި ދެމެދު އެވެ.

އެންމެ ފަހުން ކެޓްރީނާއަށް ޖެހުނީ އެ ދެމީޙުން އެ ގެއަށް ކާން ގެންދަން ވިރާޓާއި އަނުޝްކާ ކާ ގަޑީގައި ލުއި ކާނާ ކާންށެވެ. އެގޮތަށް އައިޑިއާ ދިނީ ކެޓްރިނާ ކަމަށާއި އެގޮތަށް ހަދައިގެންވެސް ދެ ތަރިންނަށް ފިރިންނާއި އެކު ރޭގަނޑުގެ ކެއުން ކުރިޔަށް ގެންދެވުނު ކަމަށް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް