ސައޫދީ އަރަބިއްޔާގައި ފޯނެއްގެ ޗާޖަރެއް ގޮވައި، ގެއެއް ބޭނުން ނުކުރެވޭވަރަށް އަނދައިފިއެވެ.
ސައުދީ ނޫސްތަކުގައި ބުނެފައިވާގޮތުގައި އަލިފާނުގެ މި ހާދިސާ ހިނގާފައިވަނީ ޖަޒާން ރީޖަންގެ ރަމާދާ ޓައުންގެ ގެއެއްގައެވެ.
ބުރާސްފަތި ދުވަހު ހިނގި މި ހާދިސާ ހިނގަން މެދުވެރިވީ ފޯނެއް ޗާޖަށް ޖަހާފައި ޗާޖަރު ކަރަންޓު ކަނޑާނުލާ މާ ގިނައިރު ބޭއްވުމުން ކަމަށް ވަގުތީ ތަހުގީގީ ރިޕޯޓާ ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ.
މި ހާދިސާއާއި ގުޅިގެން އެ ސަރަހައްދުގެ ސިވިލް ޑިފެންސުން ހަރަކާތްތެރިވެ އަލިފާން ކޮންޓްރޯލުކުރިނަމަވެސް ގޭގެ އެއް ކޮޓަރިއާއި ސިޓިން ރޫމު ބޭނުން ނުކުރެވޭވަރަށް އަނދާފައިވާކަމަށް ބުނެފައިވެއެވެ.
ފޯނުގެ ޗާޖަރު ގޮވައި، އަލިފާނުގެ ހާދިސާތައް ހިނގުމަކީ މަދުން ނަމަވެސް ހިނގަމުން އަންނަ ކަމެކެވެ. ރާއްޖޭގައި މިފަދަ ބައެއް ހާދިސާތައް ހިނގާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް