‏ ސިޓީ ކައުންސިލާއި ފުލުހުން ގުޅިގެން ނީލަން ފިހާރަ ސަރަޙައްދުން 67 ޓަނުގެ ކުނި އުކާލައިފި

މާލޭ ސިޓީ ކައުންސިލާއި ދިވެހި ފުލުހުންގެ ހިދުމަތުން ނީލަން މުދާ ވިއްކަމުންދާ ސަރަހައްދުގައި މަގު މައްޗަށްވާ ގޮތަށް ހުރި މުދަލާއި ކުނިތައް ނަގާ ސާފުކޮށްފިއެވެ. އެ ސަރަހައްދު ސާފުކޮށްފައި މިވަނީ އެ ސަރަ...

12 Mar 2022 | 18:44

މާލޭ ސިޓީ ކައުންސިލާއި ދިވެހި ފުލުހުންގެ ހިދުމަތުން ނީލަން މުދާ ވިއްކަމުންދާ ސަރަހައްދުގައި މަގު މައްޗަށްވާ ގޮތަށް ހުރި މުދަލާއި ކުނިތައް ނަގާ ސާފުކޮށްފިއެވެ.

އެ ސަރަހައްދު ސާފުކޮށްފައި މިވަނީ އެ ސަރަހައްދުގައި މުދާ ވިއްކާ ފަރާތްތަކަށް އެ ސަރަހައްދު ސާފުކުރަން އިއްޔެގެ ނިޔަލަށް

މުއްދަތު ދިނުމަށްފަހުއެވެ.

ސިޓީ ކައުންސިލުން މިރޭ ބުނީ އެ ސަރަހައްދު ސާފުކޮށް ނިންމާލެވުނުއިރު 67 ޓަނުގެ ކުނި ނަގައި އުކާލެވުނު ކަމަށެވެ.

ސިޓީ ކައުންސިލުން މީގެ ކުރިންވެސް ވަނީ އެ ސަރަހައްދުގައި މުދާ ބަހައްޓައިގެން ވިޔަފާރި ނުކުރަން ތަކުރާރުކޮށް އަންގާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް