ރަންބީރާއި އާލިއާގެ އާ ދަގަނޑު އިޝްތިހާރު، ކައިވެނީގެ ފަހުން ވެދާނެ ގޮތެއް!

ބޮލީވުޑްގެ ލޯބި ޖޯޑު ކަމަށްވާ ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ އާ އިޝްތިހާރެއް ރިލީޒް ކޮށްފި އެވެ. މި އިޝްތިހާރަކީ ގެދޮރު އިމާރާތް ކުރުމަށް ބޭނުން ކުރާ ދަނގަޑުގެ އިޝްތިހާރެކެވެ. މީގެ ކުރިން ގިނަ އިޝްތި...

12 Mar 2022 | 16:51

ބޮލީވުޑްގެ ލޯބި ޖޯޑު ކަމަށްވާ ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ އާ އިޝްތިހާރެއް ރިލީޒް ކޮށްފި އެވެ.

މި އިޝްތިހާރަކީ ގެދޮރު އިމާރާތް ކުރުމަށް ބޭނުން ކުރާ ދަނގަޑުގެ އިޝްތިހާރެކެވެ. މީގެ ކުރިން ގިނަ އިޝްތިހާރުތަކެއް ކުޅެފައިވާ މި ދެތަރިންގެ އާ އިޝްތިހާރު ގުޅުވާފައިވަނީ މިއަހަރު ކައިވެނި ކުރުމަށް ހަމަޖެހިފައިވާ ދެ މީހުންގެ ގެ އިމާރާތް ކުރާއިރު ވިސްނަން ޖެހޭ ކަންކަމާއި މެދު އެވެ.

އޭގެން ފެނިގެން ދަނީ ދެމީހުން ޖިމްގައި ކަސްރަތު ކުރަން ތިބޭތަނެވެ.

އެތަނުގައި އާލިއާ ބުނެދެނީ ދެމީހުންގެ ގެ އިމާރާތް ކުރާއިރު އިޝްތިހާރު ކުރާ ދަގަނޑު ބޭނުން ނުކޮށްފި ނަމަ ވާނެ ގޮތުގެ ވާހަކަ އެވެ. އެންމެ ފަހުން ހުއްޓާނުލައިގެން ރަންބީރު ގޮސް އާލިއާގެ އަނގަމަތީގައި އަތް އެޅުމަށް ފަހު އޭނާ ބޭނުންވާ ގޮތަށް ކަންތައް ކޮށްދޭނެ ކަމަށްބުނެ އެވެ.

މި އިޝްތިހާރުގެ ވީޑިއޯ ހިއްސާ ކުރުމަށް ފަހު އާލިއާ ޓުވިޓާގައި ބުނެފައިވަނީ ފައުންޑޭޝަން ރަނގަޅުވެއްޖެ ނަމަ ކުރިމަގުވެސް ރަނގަޅުވާނެ ކަމަށެވެ. މިއީ އިޝްތިހާރުގައި ބޭނުންކޮށްފައި މޮޓޯއަށް ވާއިރު މި މޮޓޯ ދެމީހުންގެ ދިރިއުޅުމާއިވެސް ގުޅެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ރަންބީރާއި އާލިއާ ކައިވެންޏަށް ފަހު ދިރިއުޅުމަށް ހަމަޖެހިފައިވަނީ ވަކިންނެވެ. އަދި މިހާރު ދެމީހުންގެ ގެ އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުންދާއިރު ދެ ތަރިންނާއި ރަންބީރުގެ މަންމަ ވަރަށް ގިނައިން މަސައްކަަތް ހިނގަމުންދާގޮތް ބަލަން އެ ސައިޓަށް ދެ އެވެ.

https://twitter.com/aliaa08/status/1502587892836700162

ދެމީހުން ކައިވެންޏަށް ފަހު އުޅުމަށް އަޅާ ގޭގައި 2020 ވަނަ އަހަރު މަރުވި ރަންބީރުގެ ބައްޕަ ރިޝީ ކަޕޫރަށް ހާއްސަ ކޮޓަރިއެއް ހުންނަ ކަމަށްވެ އެވެ. ވަރަށް ޒަމާނީ ސްޓައިލަށް ޑިޒައިން ކުރާ އެ ގޭގައި ސްވިމިން ޕޫލެއްވެސް އޮންނަ ކަމަށްވެ އެވެ.

މި ދެ ތަރިން ކައިވެނި ކުރާނެ ތާރީހެއް އަދިވެސް ހާމައެއް ނުކުރެ އެވެ. އާލިއާ ބުނީ މިއަހަރު ކައިވެނި ކުރާނެ ކަމަށާއި ކައިވެނީގެ ރަސްމިއްޔާތު މާ ބޮޑުކޮށް ބޭއްވުމަށް ނުވިސްނާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް