ހިޔާގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ކަންކަން ދެނެގަތުމާ ފުރިހަމަ ކުރުމަށް ސާވޭއެއް

ހިޔާފުލެޓުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އެކި ކަންކަން ދެނެގަނެ އިތުރަށް ފުރިހަމަކުރުމަށްޓަކައި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ފަރާތުން ސާވޭއެއް ކުރިއަށް ގެންދަން ނިންމައިފިއެވެ...

12 Mar 2022 | 13:30

ހިޔާފުލެޓުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އެކި ކަންކަން ދެނެގަނެ އިތުރަށް ފުރިހަމަކުރުމަށްޓަކައި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ފަރާތުން ސާވޭއެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

އެޗްޑީސީން ބުނީ ސާވޭ ކުރިއަށްދާނީ މިއަދު ފެށިގެން މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

އަދި މި ސާވޭގައި މައުލޫމާތު ސާފުކުރުމަށް ހިޔާގެ ހުރިހާ ފްލެޓަކަށް އެޗްޑީސީގެ ޓީމުތަކުން ހެނދުނު 10:00 އަކާއި ރޭގަނޑު 8:00 އާ ދެމެދުގެ ގަޑިތަކުގައި ދާނެކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

މިގޮތުން އެޗްޑީސީން ބުނީ މި ސާވޭގައި ހިޔާ ފްލެޓުތަކުގެ ފިނިޝިން މަސައްކަތް ކުރިއަށް ގޮސްފައިވާ ހިސާބާއި ހިޔާ ޓަވަރުތަކުގެ އާންމު ތަންތަން ފޮޅާ ސާފު ކުރުމާއި ސެކިއުރިޓީ ބެލެހެއްޓުމުގެ ޚިދުމަތާއި ގުޅޭގޮތުން ހިޔާލު ހޯދާނެ ކަމަށެވެ.

މީގެ އިތުރުން އިމާރާތް މެނޭޖުކުރުމަށްޓަކައި އެކުލަވާލަންޖެހޭ ކޯޕަރޭޓިވް ސޮސައިޓީ އުފެއްދުމާއި ގުޅޭގޮތުން ހިޔާލު ހޯދާނެކަމަށް އެޗްޑީސީން ހާމަކުރެެއެވެ.

ސާވޭގައި މައުލޫމާތު ހޯދަމުންދާ އެޗްޑީސީގެ މުވައްޒަފުން ތިބޭނީ އޮފީސް ޔުނިފޯމުގައިކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.

އެޗްޑިސީން ބުނީ މި ސާވޭގައި އެއްވެސް ފަރާތެއްގެ އާމްދަނީއާއި ބެންކް އެކައުންޓް ނަމްބަރާއި ކާޑުގެ މައުލޫމާތު ނުހޯދާނެކަމަށާއި އެކަމަށް ސަމާލުވުމަށެވެ.

އަދި މި ސާވޭއަށް އެ ކޯޕަރޭޝަނުގެ މުވައްޒަފުން ދާއިރު ފްލެޓުގެ އެއްވެސް ފަރާތަކާއި ބައްދަލު ނުވެއްޖެނަމަ ފްލެޓުގައި ދިރިއުޅޭ ފަރާތަކަށް އެޕޮއިންޓްމަންޓެއް ހޯދުމަށް އެސްއެމްއެސް މެދުވެރިކޮށް އަންގާނެކަމަށް ވެސް އެޗްޑީސީން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް