އަސްކަރީ ތަމްރީނުތަކުގައި ރެކްރޫޓުންނަށް ދިމާވާ ސިއްހީ މައްސަލަތައް ބަލަން ކޮމެޓީއެއް

އަސްކަރީ ތަމްރީނުތަކުގައި ރެކްރޫޓުންނަށް ދިމާވާ ސިއްހީ މައްސަލަތައް ބަލަން ކޮމިޓީއެއް އެކުލަވާލައިފިއެވެ. މި ކޮމިޓީ އެކުލަވާލާފައިމިވަނީ މިހާރު މާފިލާފުށީގައި ސިފައިންގޭ ރެކްރޫޓް ޓްރޭނިން ހަދަމުން އަނ...

12 Mar 2022 | 11:46

އަސްކަރީ ތަމްރީނުތަކުގައި ރެކްރޫޓުންނަށް ދިމާވާ ސިއްހީ މައްސަލަތައް ބަލަން ކޮމިޓީއެއް އެކުލަވާލައިފިއެވެ.

މި ކޮމިޓީ އެކުލަވާލާފައިމިވަނީ މިހާރު މާފިލާފުށީގައި ސިފައިންގޭ ރެކްރޫޓް ޓްރޭނިން ހަދަމުން އަންނަ އެއް ކުއްޖަކު ނިޔާވެ، އެއް ކުއްޖަކު އައިސީޔޫއަސް ލާން ޖެހި އަނެއް ކުއްޖަކު ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހިފައިވާ ދަނޑިވަޅެއްގައެވެ.

މިއަދު އެމްއެންޑީއެފުން ބުނެފައިވަނީ އަސްކަރީ ތަމްރީނުތަކަކީ އޭގެޒާތުގައި ބުރަ އަދި ރިސްކުހިމެނޭ ތަމްރީނުތަކެއް ކަމަށާއި މިތަމްރީނުތަކަށް ނެގޭ ސިފައިންނަކީ، ފިޒިކަލް އަދި މެޑިކަލް ޓެސްޓުތަކެއް ހެދުމަށްފަހު ޓްރެއިނިންގތަކުގައި ބައިވެރިވެވޭ ކުދިންނަށް ކަމަށެވެ.

"ތިންކުއްޖެއްގެ މެޑިކަލް މައްސަލަތަކެއްދިމާވެ، އެއިގެތެރެއިން އެއްކުއްޖަކު ނިޔާވެ، ދެވަނަ ކުއްޖަކަށް އައިސީޔޫ ގައި ފަރުވާކުރަންޖެހި އަދި ތިންވަނަ ކުއްޖަކު އެޑްމިޓްކޮށް ފަރުވާދޭން ޖެހުމަކީ، އެމްއެންޑީއެފް އިން މިކަމާ ކަންބޮޑުވެ ހިތާމަ ކުރާކަމެކެވެ. އަދި ބަލަންޖެހޭ ކަންކަން ބެލުމަށްޓަކާ އެކިދާއިރާތަކުގެ އެކްސްޕާޓުން ހިމެނޭގޮތުންވަނީ ކޮމިޓީއެއް އެކުލަވާލެވި، މަސައްކަތް ފެށިފައެވެ." އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެމްއެންޑީއެފުން އިތުރަށް ބުނެފައިވަނީ މިކަންކަމާއި ގުޅޭގޮތުން އިތުރަށް އެއްޗެއް ދަންނަވަންއެނގޭނީ ކޮމިޓީގެ މަސައްކަތް ނިމުމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް