ކްރޮއޭޝިއާއަށް ގޮތް ނޭނގޭ އަސްކަރީ ޑްރޯންއެއް ވެއްޓިއްޖެ

ކްރޮއޭޝިއާއަށް ގޮތްނޭނގޭ އަސްކަރީ ޑްރޯންއެއް ވެއްޓިއްޖެ އެވެ. މި ޑްރޯން ވެއްޓިފައިވަނީ ރޭ 12 ޖެހުމާއި ގާތްވެފައިވަނިކޮށް ވެރިރަށް ޒަކްރެބް އަށެވެ. މި ޑްރޯން ވެއްޓިފައިވަނީ ދަރިވަރުންތަކެއް ދިރިއުޅޭ އި...

12 Mar 2022 | 10:54

ކްރޮއޭޝިއާއަށް ގޮތްނޭނގޭ އަސްކަރީ ޑްރޯންއެއް ވެއްޓިއްޖެ އެވެ.

މި ޑްރޯން ވެއްޓިފައިވަނީ ރޭ 12 ޖެހުމާއި ގާތްވެފައިވަނިކޮށް ވެރިރަށް ޒަކްރެބް އަށެވެ. މި ޑްރޯން ވެއްޓިފައިވަނީ ދަރިވަރުންތަކެއް ދިރިއުޅޭ އިމާރާތެއްގެ ކައިރި އަށެވެ.

ޑްރޯން ވެއްޓުމާއި ގުޅިގެން މީހަކަށް އަނިޔާއެއް ނުވެ އެވެ. ހަމަ އެކަނި ޒަހަމްވެފައިވަނީ އެ ސަރަހައްދުން ބައިސްކަލެއްގައި ދުއްވާފައި ދިޔަ މީހަކު ޑްރޯން ވެއްޓުނު އަޑަށް ފަހަތަށް ބަލާލި ވަގުތު ވެއްޓިގެން ކަމަށް ވެ އެވެ.

މި ޑްރޯން އަކީ 2014 ވަނަ އަހަރު ޔޫކްރެއިން ސިފައިން ބޭނުން ކުރަން ފަށާފައިވާ އަސްކަރީ ޑްރޯން އެކެވެ. އަދި މިހާރު އެ އެގައުމަށް ރަޝިއާއިން އަރައި ކުރަމުންދާ ހަނގުރާމައިގަވެސް ޔޫކްރެއިންއިން މި ބްރޭންޑުގެ އުފެއްދުންތައް ބޭނުން ކުރާ ކަމަށްވެ އެވެ.

މި މައްސަލައިގަ ކްރޮއޭޝިއާގައި ހުންނަވާ ޔޫކްރެއިން ސަފީރާއި ސުވާލުކުރުމުން އޭނާ ވަނީ މީޑިއާއަށް ޖަވާބެއް ދެއްވަން ދެކޮޅު ހަދާފަ އެވެ. އަދި ޔުކްރެއިން ޑިފެންސް މިނިސްޓްރީން ވަނީ އެއީ އެމީހުންނާއި ގުޅުން ހުރި ޑްރޯންއެއް ކަމަށް އެއްބަސްވާން ދެކޮޅު ހަދާފަ އެވެ.

ކްރޮއޭޝިއާ ސަރުކާރުން ބުނީ ގޮތް ނޭނގޭ ޑްރޯންއެއް ވެއްޓިފައި ވަނީ އެގައުމަށް އަމާޒުކޮށް ހަމަލާއެއް ދޭން އުޅޭކަމުގެ ސިއްރު މައުލޫމާތެއް ލިބިފައިވާ ދަނޑިވަޅެއްގައި ނޫން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް