މާލޭގެ ރޯޑް ޕްރޮޖެކްޓްގެ ބަޖެޓްވެސް އޮތީ ހިފަހައްޓާފައި: ޑރ މުއިއްޒު

ވެރިރަށް މާލޭގެ ރޯޑް ޕްރޮޖެކްޓުގެ ބަޖެޓްވެސް އޮތީ ހިފަހައްޓާފައި ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ޑރ މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވީ އެމްޑީޕީގެ ...

12 Mar 2022 | 09:48

ވެރިރަށް މާލޭގެ ރޯޑް ޕްރޮޖެކްޓުގެ ބަޖެޓްވެސް އޮތީ ހިފަހައްޓާފައި ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރު އަދި މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ކުރެެއްވި ޓްވީޓަކަށް ރައްދުދެއްވައެވެ.

ޝިފާގެ ޓްވީޓްގައި ވިދާޅުވީ މާލޭގައި ޕަބްލިކް ބަސް ދަތުރުތައް ރޯޑް ޕްރޮޖެކްޓްގެ ދަށުން ރޭވިފައިވާ ގޮތަށް ނުފެށި ދިއުން އެއީ ހިތާމަވެރި ކަމެެއް ކަމަށެވެ.

އަދި މަގަކުން ޓެކްސީ އެއް ނުލިބޭތާ ދުވަސްވެއްޖެކަމަށާއި، ލަގެޖް ގެންދާ ޕިކަޕް އެއީ ކުޑަ ދަރިފުޅު ގޮވައިގެން ދަތުރުކުރަންޖެހޭ ވެހިކަލަށް ވެއްޖެ ކަމަށެވެ.

ޝިފާގެ ޓްވީޓަށް ރައްދުދެއްވާ މުއިއްޒު ވިދާޅުވީ މާލޭގެ ރޯޑު ޕްރޮޖެކްޓުވެސް އޮތީ ބަޖެޓް ހިފަހައްޓާފައި ކަމަށެވެ.

އަދި އޭގެ ސަބަބުން ޕްރޮޖެކްޓް ހުއްޓިފައިި އޮންނަތާ ހަތަރު މަސް ވެދާނެ ކަމަށް މުއިއްޒުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް