ދުނިޔޭގެ ބާޒާރުގއި ތެލުގެ މައްޗަށް ދިޔަ ނަމަވެސް ސްޓެލްކޯއިން ދޭ ކަރަންޓު ހިދުމަތުގެ އަގަށް ބަދަލެއް ނާންނާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.
ޔޫކްރެއިން އާއި ރަޝިއާއިން ކުރަމުންދާ ހަނގުރާމަ އާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަނީ ކޮންމެ ހަފްތާއަކުހެން އުފުލެމުންނެވެ. އަދި އެ އަގާއި އެއްވަރަށް ރާއްޖޭގައި ޕެޓްރޯލާއި ޑިސަލް ވިއްކާ އަގު ދަނީ ބޮޑު ކުރަމުންނެވެ.
ރާއްޖޭގައި ޕެތްރޯލާއި ޑީސަލްގެ އަގު ބޮޑު ކުރަމުންދާތީ ބައެއް ވިޔަފާރިވެރިންނާއި ހިދުމަތްތައް ފޯރުކޮށްދޭ މީހުން ވަނީ ތަކެއްޗާއި ހިދުމަތުގެ އަގު ބޮޑު ކުރަން ފަށާފައި އެވެ.
މިކަމާއި ގުޅޭގޮން ކުރެއްވި ޓުވީޓެއްގައި ޝަރީފު ވިދާޅުވީ ތެލުގެ އަގު ބޮޑުވުމާއި ގުޅިގެން ސްޓެލްކޯއިން ދޭ ކަރަންޓުގެ ހިދުމަތުގެ އަގު ބޮޑު ނުކުރާނެ ކަމަށެވެ. އަދި ކުޑަ ރޭޓެއްގައި ސްޓެލްކޯއަށް ކަރަންޓު ފޯރު ފޯރުކޮށްދިނުމުގެ އިންތިޒާމް ސަރުކާރުން ހަމަޖައްސައި ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
https://twitter.com/ShareefRangondi/status/1502564530504691715
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް