އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެތައް ދުވަހެއް ވަންދެން އެމްޑީޕީ އޮތުމުން، ބަދަލުވެ ގައުމު ހިންގާ ޕާޓީއެއްގެ ގޮތުގައި އަދިވެސް ހަރަކާތްތެރި ނުވެވޭ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިހެން ވިދާޅުވީ މ.މުލަކުގައ ބޭއްވި ކެންޕެއިން ހަރަކާތެއްގެ ތެރެއިންނެވެ.
ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ ތެރެއިން ބައެއް ބޭފުޅުން އަދިވެސް ބަދަލު ނުވާކަމަށެވެ. ފަހަރުގައި މަގުމަތީގައި ސަރުކާރާ ދެކޮޅަށް ގިނަ ދުވަހު އުޅުމުން ވެދާނެ ގޮތެއްކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ ގައުމުގެ ބޮޑެތި ކަންކަމުގެ ތެރެއަށް ވަދެ، ގައުމު ހިންގުމުގައި އުޅޭ ޕާޓީއަކަށް ބަދަލު ނުކުރެވޭނަމަ ރާއްޖޭގެ އެންމެ އިސްކޮށް އޮންނަ ޕާޓީއެއްގެ ގޮތުގައި ދެމިނޯވެވޭނެ ކަމަށެވެ. އަދި އިންތިހާބެއް ކުރިމަތި ނުވިނަމަވެސް ކޮންމެ ޕާޓީއަކަށް ހަރުގެތައް އެޅިފައި ހުންނަން ވާނެ ކަމަށް ފައްޔާޒު ފާހަގަކުރެއްވިއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި ފައްޔާޒުގެ އިތުރުން ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) އެވެ. އެންތިހާބަށް ތައްޔާރުވުމުގެ ގޮތުން ދެ ބޭފުޅުންވެސް ދަނީ ރާއްޖެތެރޭގެ ރައްޔަކަށް ދަތުރުކުރަށްވާ ކެންޕެއިން ކުރައްވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް