ވިލިމާލެ ސިނާއީ ސަރަހައްދުގައި ހުސްކޮށް ހުރި ސްލޮޓްތައް އިގްތިޞާދީ މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް ދޫކުރަން މާލެ ސިޓީ ކައުންސިލުން ނިންމާފައިވާތީ ބިމަށް އެދުމުގެ ފުރުސަތު ހުޅުވައިލައިފި އެވެ.
މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ވިލިމާލެ ސިނާއީ ސަރަހައްދުގައި ހުސްކޮށް ހުރި 13 ސްލޮޓް ސިނާއީ މަސައްކަތަށް ދޫކުރުމަށް ނިންމާފައި ވާކަމަށެވެ.
އަދި އެ ސްލޮޓްތަކުގެ ތެރެއިން ހަ ސްލޮޓް ދޫކުރާނީ ވިލިމާލެ ރައްޔިތުންނަށް ކަމަށާއި އަދި އަނެއް ހަތް ސްލޮޓް ދޫކުރާނީ މާލޭ ރައްޔިތުންނަށް ކަމަށް ސިޓީ ކައުންސިލްގެ އިއުލާނުގައި ބުނެފައި ވެއެވެ.
މިހާރު އެ ސްލޮޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވާއިރު، މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު އޮންނާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ހާމަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް