ޕީޕީއެމް އަކީ ލާމަރުކަޒީ ނިޒާމު ނެތިކޮށް ނައްތާލަން މަސައްކަތް ކުރާ ޕާޓީއެއް: ނަޝީދު

ޕީޕީއެމް އަދި ޕީއެންސީ އަކީ ވެރިކަމުގައި ލާމަރުކަޒީ ނިޒާމު ނެތިކޮށް ނައްތާލަން މަސައްކަތް ކުރާ ޕާޓީއެއް ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ....

12 Mar 2022 | 06:46

ޕީޕީއެމް އަދި ޕީއެންސީ އަކީ ވެރިކަމުގައި ލާމަރުކަޒީ ނިޒާމު ނެތިކޮށް ނައްތާލަން މަސައްކަތް ކުރާ ޕާޓީއެއް ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދު މިމޭރުމުން ވާހަކަފުޅު ދައްކަވާފައި ވަނީ ޅ.ކުރެންދޫ ކައުންސިލްގެ ރައީސްގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަލީ ނަސީމްގެ ކެމްޕޭން ޖަލްސާއެއްގައެވެ.

ޕީޕީއެމްއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ނަޝީދު ވިދާޅުވީ ޕީޕީއެމްގެ ސިޔާސަތަކީ މާލެ ސަރަހައްދަށް ރާއްޖޭގެ ހުރިހާ ރައްޔިތުން ޖަމާ ކޮށް ޕީޕީއެމްގެ ބޭނުމަކީ ރާއްޖެ އުވާލުން ކަމަށެވެ. އަދި ޕީޕީއެމްގެ ސިޔާސަތު ބައްޓަންވެފައި ވަނީ ކުރެންދޫ އުވާލާ ކުރެންދޫ ފަޅުކޮށްލުން ކަމަށެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ ރާއްޖެ އުފެދިފައިވާ ގޮތް އުވާލުމުގެ ވިސްނުމުގައި ތިބި ބަޔަކު ތަމްސީލް ކުރާ ކެންޑިޑޭޓަކު ކުރެންދޫއިން އިިންތިޚާބު ކޮށްގެން ނުވާނެ ކަމަށެވެ. އަދި އެއީ ކުރެންދޫ ރައްޔިތުން ކުރާނެ ކަމެއް ނޫންކަމަށް ނަޝީދު ވިދާޅުވިއެވެ.

ކުރެންދޫ ކައުންސިލްގެ ރައީސް އިބްރާހީމް ސިމާއު މަގާމުން އިސްތިއުފާ ދެއްވުމުން އެ މަގާމު ވަނީ ހުސްވެފައެވެ. އެ މަގާމުގެ ބައި އިލެކްޝަން އަންނަ މާޗު މަހުގެ 26 ވަނަ ދުވަހު ބާއްވަން ވަނީ ހަމަޖައްސާފައެވެ.

އެ މަގާމަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ އަލީ ނަސީމްގެ އިތުރުން ޕީޕީއެމްގެ ކެންޑިޑޭޓް އަދި ކުރެންދޫ ކައުންސިލްގެ ކުރީގެ ރައީސް އިސްމާއީލް މަދީހްއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް