ފެމެލީ ކޯޓުގެ އިސްގާޒީކަމަށް ކުރިމަތިލުމުގެ ފުރުސަތު

ފެމިލީ ކޯޓުގެ އިސް ގާޒީކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފި އެވެ. އިއްޔެ ނެރުނު އިއުލާނެއްގައި ޖޭއެސްސީ ބުނީ ފެމެލީ ކޯޓުގެ މިހާރު ފަނޑިޔާރުންގެ ތެރެއިން...

12 Mar 2022 | 06:41

ފެމިލީ ކޯޓުގެ އިސް ގާޒީކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފި އެވެ.

އިއްޔެ ނެރުނު އިއުލާނެއްގައި ޖޭއެސްސީ ބުނީ ފެމެލީ ކޯޓުގެ މިހާރު ފަނޑިޔާރުންގެ ތެރެއިން އިސް ގާޒީ ކަމަށް ޝައުގުވެރިވާ ބޭފުޅުން މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން އެ މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެ އިއުލާނުގައިވާ ގޮތުން ފެމިލީ ކޯޓުގެ އިސް ގާޒީ އަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 47،000ރ. ލިބޭނެ އެވެ.

ފެމެލީ ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނެވި ގާޒީ ހަސަން ސައީދުގެ ސުލޫކީ މައްސަލަ އަކާއި ގުޅިގެން ކުރިމިނަލް ކޯޓަށް އޭނާ ބަދަލުކުރި ފަހުން ެ އެ މަގާމު އޮތީ ހުސްކޮށެވެ. އެއީ 2019 ވަނަ އަހަރުއެވެ. އޭގެ ފަހުން މިހާތަނަށް އެ ކޯޓު ހިންގަމުން ގެންދިޔައީ އެކި ފަހަރު އެކި ފަނޑިޔާރުންނާ ހަވާލު ކޮށްގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް