ރާއްޖޭގެ ޓުރިޒަމަށް50 އަހަރު ފުރުން ފާހަގަ ކުރުމަށް ޓިކްޓޮކް ޗެލެންޖެއް ފަށައިފި އެވެ.
މި ޗެލެންޖު ފެށުމަށް ހަމަޖެހިފައިވަނީ މިއަދު އެވެ. މި ޗެލެންޖު ކުރިޔަށް ގެންދަނީ ދިވެހިންނާއި ބިދޭސިންނަށް ބައިވެރިވެވޭގޮތށް ވަކިންނެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މި ޗެލެންޖުގެ ބޭނުމަކީ50 އަހަރު ފުރުމާއި މިއަހަރު ނެރުނު ޓޫރިޒަމްގެ ހާއްސަ ލަވަ ކަމަށްވާ "ނަލަނަލަ ރާއްޖެ" އިންތިހާރު ކުރުން ކަމަށެވެ.
މި ޗެލެންޖުގައި ބައިވެރިވެވޭނީ ދިވެހިންގެ ތެރެއިން10،000 ފޮލޯވަރުން ތިބި އެކައުންޓުތަކަށާއި އެއަށްވުރެ މަދު ފޮލޯވަރުން ތިބި އެކައުންޓުތަކަށެވެ. ހަމަ އެގޮތަށް ބިދޭސީންނަށް ބައިވެރިވެވޭނީ އެއް މިލިއަން ފޮލޯވަރުން ތިބި އެކައުންޓުތަކަށާއި އެއަށްވުރެ މަދުން މީހުން ތިބި އެކައުންޓުތަކަށެވެ.
އިނާމު ދިނުމަށް ހަމަޖެހިފައިވަނީ ހަތަރު ކެޓަގަރީއަށް ވަކިންނެވެ.
ދިވެހި ޓިކްޓޮކް ހަދާ މީހުންގެ ތެރެއިން ދެ ކެޓަގަރީން ވެސް އެއްވަނަ އަށް ދާ މީހަކަށް 25،000 ރުފިޔާ ލިބޭއިރު ދެވަނަ އަށް 15،000 ރުފިޔާ އަދި ތިންވަނަ އަށް 10،000 ރުފިޔާ ލިބޭނެ އެވެ. ބިދޭސީންގެ ތެރެއިން އެއްވަނަ އަށް ދާ މީހަކަށް ދެ މީހެއްގެ އަށް ދުވަހުގެ ޗުއްޓީ ޕެކޭޖެއް ލިބޭނެ އެވެ. ދެވަނަ އަށް ހޮވޭ މީހެއްގެ އިނާމަކީ ދެ މީހެއްގެ ފަސް ދުވަހުގެ ޗުއްޓީ ޕެކޭޖެކެވެ.
އެ ޗެލެންޖުގައި ބައިވެރިވާން ބޭނުންވާ މީހުން ޖެހޭނީ ޓޫރިޒަމް މިނިސްޓްރީގެ ޓިކްޓޮކް އެކައުންޓަށް ލާ "ނަލަނަލަ ރާއްޖެ" ލަވައިގެ އޯޑިއޯ ބޭނުންކޮށްގެ އެ މީހުންގެ އަމިއްލަ އުފެއްދުމުގެ މައްޗަށް ވީޑިއޯތައް ހަދާށެވެ.
ވަނަތައް ހޮވުމުގައި ބަލަނީ ތިން ކަމަށެވެ. އެއީ ވީޑިއޯތަކުން ވިއުސް އާއި ލައިކްސް އާއި ޝެއާ އެއްކޮށްގެން އެންމެ ގިނައިން މީހުންނާ އިންޓަރެކްޓްވާ ވީޑިއޯތަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް