ކުޑަކުދިންނަށް އަމާޒުކޮށްގެން ދިވެހި ބަހުން 15 ކުދި ވާހަކަ ފޮތް ނެރެެފިއެވެ.
ކަލާފާނު ސްކޫލުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ނެރުނީ އެ ސްކޫލުގެ ދިވެހި ޓީޗަރު އައިޝަތު ނަސީމާ ލިޔެފައިވާ ވާހަކަފޮތްތަކެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ފޮތްތައް ނެރެދެއްވީ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން އެވެ.
މި ފޮތްތައް ހާއްސަ ކޮށްފައިވަނީ ހަތަރު އަހަރާއި ހަ އަހަރާއި ދެމެދުގެ ކުދިންނާއި ހަ އަހަރާއި އަށް އަަހަރާ ދެމެދުގެ ދަރިވަރުންގެ އިތުރުން އަށް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުންނަށެވެ.
މިއިން ކޮންމެ އުމުރު ފުރާއަަކަށް ވެސް ފަސް ވާހަކަ ފޮތް ނެރެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް