ރޯދަ މަހު ހޮޓާ/ ރެސްޓޯރެންޓް ތިނެއް ޖަހަންދެން، ފިހާރަތައް އެކެއް ޖަހަންދެން

އަންނަ ރޯދަ މަހު ކެފޭ ރެސްޓޯރަންޓްތަކުން 3 ޖަހަންދެން އަދި މުދާ ވިއްކާ ފިހާރަތަކުން ދަންވަރު 1:00 ޖަހަންދެން ޚިދުމަތް ދެވޭނެ ކަމަށް އިކޮންމިކް މިނިސްޓްރީން އިއުލާންކޮށްފިއެވެ. އިކޮންމިކް މިނިސްޓްރީން ...

12 Mar 2022 | 05:00

އަންނަ ރޯދަ މަހު ކެފޭ ރެސްޓޯރަންޓްތަކުން 3 ޖަހަންދެން އަދި މުދާ ވިއްކާ ފިހާރަތަކުން ދަންވަރު 1:00 ޖަހަންދެން ޚިދުމަތް ދެވޭނެ ކަމަށް އިކޮންމިކް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

އިކޮންމިކް މިނިސްޓްރީން ބުނީ ހޮޓާ، ކެފޭ ރެސްޓޯރަންޓް ފަދަ ކެއިންބުއިމުގެ ހިދުމަތް ދޭ ތަންތަނުން ހަވީރު 5:30 އިން ފެށިގެން މެންދަމުން އަލިވެ 3:00 އަށް ރޯދަ މަހު ހިދުމަތް ދެވޭނެ ކަމަށެވެ.

މީގެ އިތުރުން މުދާ ވިއްކާ ތަންތަނުން މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހާއި ޝައްވާލް މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ފަތިހު 5:30 އިން ފެށިގެން މެންދަމު 1:00 އަށް ހުޅުވައިގެން ޚިދުމަތް ދެވޭނެ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.

އަދި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު އެފަދަ ތަންތަނުން ފަތިހު 4:30 އިން މެންދަމު 3:00 އަށް ހިދުމަތް ދެވޭނެ ކަމަށް ވެސް އިކޮންމިކް މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނެފައި ވެއެވެ.

މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މިފެށޭ އޭޕްރީލް މަހުގެ ދެވަނަ ދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް