މުލާ އާއި އެކު ލަމްގެ ދެމަފިރިންގެ ފުރަތަމަ ބޭރު ދަތުރު، ރީތި ފޮޓޯތަކެއް!

ލަވަކިޔުންތެރިޔާ ލަމްހާ ލަތީފާއި ފިރިމީހާ އަހުމަދު މުއާޒް (ކުޑަ މުއާ)، އެމީހުންގެ ދަރިފުޅު މުލައިހް އަހުމަަދު މުއާޒް (މުލާ) އާއި އެކު ރާއްޖެއިން ބޭރަށް ފުރަތަމަ ދަތުރު ގޮސްގެން އެބަ އުޅެ އެވެ. ލަމްހާގ...

12 Mar 2022 | 04:32

ލަވަކިޔުންތެރިޔާ ލަމްހާ ލަތީފާއި ފިރިމީހާ އަހުމަދު މުއާޒް (ކުޑަ މުއާ)، އެމީހުންގެ ދަރިފުޅު މުލައިހް އަހުމަަދު މުއާޒް (މުލާ) އާއި އެކު ރާއްޖެއިން ބޭރަށް ފުރަތަމަ ދަތުރު ގޮސްގެން އެބަ އުޅެ އެވެ.

ލަމްހާގެ ދަރިފުޅު ރާއްޖެއިން ބޭރަށް ދިއުން ފާހަގަ ކުރަން ޖެހޭ ސަބަބުތައް ގިނަ އެވެ. ލަމް އާއި މުއާ އަކީ ޗުއްޓީ ހޭދަ ކުރުމަށް ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރު ކުރުމަށް ލޯބި ކުރާ އެކަމަށް މަރުދޭ ދެމަފިރިންނެވެ.

ކައިވެނި ކުރީންސުރެ ދެމަފިރިން އެކުގައި އެކި ގައުމުތަކަށް ޗުއްޓީ ހޭދަ ކުރަން ގޮސް ނަގާފައިވާ ގިނަ ފޮޓޯތައް ލަމްގެ އިންސްޓަގްރާމްގައި ބަރާބަރަށް ސަޕޯޓަރުންނާއި ހިއްސާ ކުރެ އެވެ. އެމީހުން ދަތުރު ކުރި ގައުމުތަކުގެ ތެރޭގައި ޔޫއޭއީ، މެލޭޝިއާ، ތުރުކީ، ބެލްޖިއަމް، މިސްރު އަދި އޮސްޓްރިއާ ފަދަ އެތައް ގައުމެއް ހިމެނެ އެވެ.

ލަމް، މުލާއަށް ބަނޑުބޮޑު އިރު ދުބާއީއަށް ކުރި ޗުއްޓީ ދަތުރުގައި ނަގާފައިވާ ފޮޓޯ އަކާއި އެކު ބުނެފައިވަނީ އެއީ ބޭބީ މޫން ކަމަށާއި އިންތިޒާރު ކުރަމުން ދަނީ އަލަތު ދަރިފުޅާއި އެކު ޗުއްޓީ ދަތުރެއްގައި ރާއްޖެއިން ބޭރަށް ކުރާނެ ފުރަތަމަ ދަތުރަށް ކަމަށެވެ. ލަމްގެ އެ ހުވަފެން ހަގީގަތަކަށް ހެދީ މިގެ ހަ ވަރަކަށް ދުވަސް ކުރިން ފެށީ ދަތުރުންނެވެ.

ލަމްގެ އިންސްޓަގްރާމްގައި ބުނެފައިވަނީ އުމުރުން ހަގުވުމަކީ ދުނިޔެ ބަލާލަށް ދަތުރު ނުކޮށްލެވެންވީ ސަބަބެއް ނޫން ކަމަށެވެ. ލަމްގެ އާއިލާގެ ފުރަތަމަ ދަތުރު ކޮށްފައިވަނީ ޖޯޑަން އަށެވެ. ލަމްވަނީ ޖޯޑަންގައި މުލާ އާއި މުއާ އާއެކު ނަގާފައިވާ ރީތި ފޮޓޯތަކެއް ހިއްސާކޮށްފަ އެވެ.

https://www.instagram.com/p/CauYE_KMJ7u/

އޭގެ ފަހުން ދުބާއީއަށް ގޮސް ނަގާފައިވާ ފޮޓޯތަކެއްވެސް އާންމުކޮށްފައިވެ އެވެ. ލަމް ބުނެފައިވަނީ އާއިލާ އެކުގައި ދުނިޔެ ބަލާލަން ދަތުރު ކުރުމަކީ އަބަދުވެސް ދެކެމުން އައި ހުވަފެން ކަމަށެވެ.

ލަމްގެ އިންސްޓަގްރާމް މެދުވެރިކޮށް މުލާގެ ގިނަ ފޮޓޯތަކެއް އާންމު ކުރަމުން ދިޔަ ނަމަވެސް ކުއްޖާގެ މޫނު ދައްކައެއް ނުލަ އެވެ. މުޅިންވެސް ފޮޓޮ ނަގާފައި ހުންނަނީ މުލާގެ ފުރަގަހުންނާއި އުރާލައިގެން ހުންނަ އިރު މޫނު ނުފެންނަ ގޮތަށެވެ.

https://www.instagram.com/p/Ca32cEfMQhs/

މުލާ ވިހެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު ހަ ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް