ސިޔާސީ އިދިކޮޅު ފަރާތްތަކުން މިއަދު މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން 25 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ފުލުހުން ބުނެފައިވަނީ މިއަދުގެ މުޒާހަރާއިން 25 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.
މިއަދުވެސް އިދިކޮޅުން މުޒާހަރާ ކޮށްފައިވަނީ "އެންމެ ފުރަތަމަ ގައުމު، ކޮބާހާ މަގޭ ފުލެޓު" މި ނަމުގައެވެ. މި ނަމުގައި އިދިކޮޅުން ކޮންމެ ހުކުރެއްގައި އަންނަނީ މިހާރު މުޒާހަރާ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް