ކަރަންޓީނު ނުވެ ކެމްޕޭނަށް ރަށްރަށަށް ދެވޭ އިސްލާހު ބާތިލުކޮށްފި

ކަރަންޓީނު ނުވެ ކެމްޕޭނު ކުރުމަށް ރަށްރަށަށް ދަތުރުކުރެވޭ އިސްލާހު ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބާތިލުކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަނާއި ސިޔާސީ ޕާޓީތަކުގެ ކަންބޮޑުންތަކާއި ގުޅިގެން އެޗްޕީއޭއިން ވަނ...

12 Mar 2021 | 18:08

ކަރަންޓީނު ނުވެ ކެމްޕޭނު ކުރުމަށް ރަށްރަށަށް ދަތުރުކުރެވޭ އިސްލާހު ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބާތިލުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނާއި ސިޔާސީ ޕާޓީތަކުގެ ކަންބޮޑުންތަކާއި ގުޅިގެން އެޗްޕީއޭއިން ވަނީ “ކޯވިޑުގެ ހާލަތުގައި ރައްކާތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކުރިއަށް ގެންދިއުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލު” އަށް ފުރަތަމަ އިސްލާހު ގެނެސް ރޭ އާންމު ކޮށްފައި އެވެ. އެ އިސްލާހާއި ގުޅިގެން ގިނަ ބައެއް ކަންބޮޑުވުން ފާޅު ކޮށްފައިވާއިރު ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އެޗްޕީއޭ އާއި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރަށް ވަނީ އަމާޒުވެފައި އެވެ.

އެޗްޕީއޭއިން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެ އިސްލާހާއި ގުޅިގެން ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އެހެންވެ ކޯވިޑް-19ގެ ހާލަތުގައި ރައްކާތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކުރިއަށް ގެންދިއުމަށް އަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލުގެ 12 ވަނަ މާއްދާއަށް ގެނައި އިސްލާހު އުވާލަން ނިންމާފައިވާކަމަށެވެ.

ކުރިން އެ މާއްދާގައި ބުނެފައިވަނީ ގިނަވެގެން ފަސް ދުވަހަށް ކަރަންޓީން ނުވާގޮތަށް ކެމްޕެއިން ކުރަން ރަށްރަށަށް ދެވޭނެ އެވެ. އެ ދަތުރުގައި ބައިވެރިވެވޭނީ ކެންޑިޑޭޓަކު ކަނޑައަޅާ ފަސް މީހުންގެ ޓީމަކަށް ކަމަށް ބުނެފައިވެއެވެ.

https://twitter.com/HPA_MV/status/1370435078610841600

ރޭ ގެނައި އިސްލާހުގައި އިތުރަށް ބުނެފައިވަނީ ކެމްޕެއިނަށް އަތޮޅު ތެރެއަށް ދަތުރު ކުރެވޭނީ 72 ގަޑިއިރު ކުރިން ހަދާފައިވާ ނެގެޓިވް ޕީސީއާރް ޓެސްޓަކާއި އެކު ކަމަށެވެ. މީގެ އިތުރުން އެޗްޕީއޭއިން ދޫކޮށްފައިވާ ހުއްދަ ރަށަށް ފުރުމުގެ ކުރިން އެރަށެއްގެ ކައުންސިލަށް ފޮނުވަންޖެހެ އެވެ.

ކަރަންޓީން ނުވާގޮތަށް ރަށްރަށަށް ދިއުމުގެ ހުއްދަ ދިން ނަމަވެސް ކެމްޕެއިން ކުރުމަށް ދޮރުން ދޮރަށް ކެމްޕެއިން ކުރުމާއި ރައްޔިތުން އެމީހުންނާއި ބައްދަލު ކުރަން ދިއުން އޮތީ މަނާކޮށްފައި އެވެ. ކެމްޕެއިން ހަރަކާތްތައް ކުރިޔަށްގެންދަން ޖެހެނީ އެރަށެއްގައި ބައްދަލުވުންތައް ބާއްވާ ވަކި ތަނެއްގައި އެވެ.

ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 10 ވަނަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް