މިއަދު ރާއްޖެއިން 1506 މީހަކަށް ކޮވިޝީލްޑް ވެކްސިން ދީފައިވާއިރު ވެކްސިން ދިން ޖުމްލަ އަދަދު 188،436 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކުރިން ބުނެފައިވާގޮތުގައި ހުކުރު ދުވަސް ދުވަހު މާލެ ސަރަހައްދުގައި ވެކްސިން ނުދޭނެއެވެ. އެހެންކަމުން މިއަދު ވެކްސިން ދީފައިވަނީ މާލެ ސަރަހައްދު ނޫން އެހެން ސަރަހައްދުތަކުގައެވެ.
މިއަދަދު ތަކާއެކު މިހާތަނަށް ރާއްޖެއިން ވެކްސިން ދިން ޖުމްލަ އަދަދު މިވަނީ 188،436 އަށް އަރާފައެވެ. އެއީ މާލެ ސަރަހައްދުން 105،836 އަދި މާލެ ސަރަހައްދު ނޫން ސަރަހައްދުތަކުން 82،600 އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް