ކޮވިޑަށް ރާއްޖެއިން މިއަދު 114 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފައިވާގޮތުގައި މިއަދު ޕޮޒިޓިވް ވި 114 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 86 މީހަކާއި ރަށްރަށުން ޕޮޒިޓިވްވި 14 މީހަކާއި ރިސޯޓްތަކުން ޕޮޒިޓިވް ވި 14 މީހެކެވެ.
މިއާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވި ޖުމްލަ އަދަދު މިވަނީ 21382އަށް އަރާފައެވެ.
މިހާރު އެކްޓިވް ކޭސްތަކުގެ އަދަދަކީ 2531 އެވެ. އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ މީހުންގެ އަދަދަކީ 133 އެވެ. ކޮވިޑުގައި މިހާތަނަށް ރާއްޖެއިން 64 މީހަކު ދުނިޔެ ދޫކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް