އދ. ފެންފުށި މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ފެންފުށީ ކައުންސިލަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ކޯވިޑް-19 އާއި ގުޅިގެން ސިއްހީ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށެވެ. އަދި މިއަދުން ފެށިގެން އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން އެ ރަށަށް މީހުން އަރައި ފޭބުމަކީ މަނާ ކަމެއް ކަމަށެވެ.
ހެލްތް އެމަޖެންސީ އޮަޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ އެ އެރަށު ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދެއްކި މީހަކު ކޯވިޑަށް ޕޮސިޓިވްވެފައިވާ ކަމަށެވެ. އެމީހާ ޑޮކްޓަރަށް ދެއްކީ ކޯވިޑް އަލާމާތްތައް ފެންނާތީ ކަމަށް ބުނެ އެވެ.
އެޗްއީއޯސީން ބުނީ އެ ކޭސްއާއި ގުޅިގެން ފެންފުށީގައި ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް ކުރިޔަށް ގެންދާ ކަމަށެވެ. އަދި މޮނިޓަރިންގެ ހާތަަލަށް ގެނެސްފައިވަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން ކަމަށް ބުނެފައިވެ އެވެ.
މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ ފެންފުށީގެ އިތުރުން ހއ. ބާރަށް އަދި އައްޑޫ ސިޓީ އެވެ. މީގެ ތެރެއިން އައްޑޫ ސިޓީ ހުޅުމީދޫގައި ދަނީ ކާފިއު ހިންގަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް